ހަބަރު
05 May 2024
އޭޕްރިލް މަހުގެ ފެން ބިލުން ޑިސްކައުންޓު ދޭނެ ގޮތް ހާމަކޮށްފި
އޭޕްރިލް މަހުގެ ފެން ބިލުން ޑިސްކައުންޓު ދިނުމަށް ސަރުކާރުން ނިންމެވި ނިންމުމާއި އެއްގޮތަށް ޑިސްކައުންޓް ދޭނެ ގޮތް އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.
05 May 2024
16 މީހުންނާއި އެކީ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި
16 މީހުންނާއި އެކީ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ
05 May 2024
މަރާމާތް ކުރުމަށް ރަސްމީ ފާލަން ބަންދުކޮށްފި
މަރާމާތް ކުރުމަށް މާލޭ ރަސްމީ ފާލަން، "އިއްޒުއްދީން ފާލަން" ސަރަހައްދު ބަންދުކޮށްފި އެވެ.
05 May 2024
ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް ގޮވާލައްވައިފި
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި މިއަދު ފަށާފައިވާ، އިސްލާމީ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.
04 May 2024
މުވައްޒަފުން ތައްޔާރުކުރި ލޯގާއާއެކު ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފި
މުވައްޒަފުން ތައްޔާރުކުރި ލޯގާ އިފްތިތާހުކޮށް ފަހި ދިރިއުޅުން ރީބްރޭންޑް ކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ ލޯގޯ އިފްތިތާހުކޮށްދެއްވީ އެ ކޯޕަރޭޝަންގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ. ލޯގޯ އިސްތިތާހުކޮށްފައިވަނީ އެ ކޯޕަރޭޝަނުގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ހަފުލާގައެއެވެ.
04 May 2024
މިއަދު ބޭއްވި ބައި-އިލެކްޝަނުން 4 ގޮނޑި ޕީއެންސީއަށް
މިއަދު ކުރިއަށް ގެންދިޔަ 6 ކައުންސިލެއްގެ ބައި-އިލެކްޝަންގެ ތެރެއިން ޕީއެންސީއިން ވަނީ 4 ގޮނޑި ކާމިޔާބު ކޮށްފައެވެ. ބާކީ ދެގޮނޑިން އެއް ގޮނޑި އެމްޑީޕީއިން ކާމިޔާބު ކުރި އިރު ދަ ޑިމޮކްރެޓްސް އިން ވަނީ ފުރަތަމަ ފަހަރަށް އިންތިޚާބެއް ކާމިޔާބުކޮށް ގޮނޑިއެއް ހޯދާފައެވެ.
04 May 2024
މ.މަޑުއްވަރީ ކައުންސިލްގެ ރައީސަށް އާޒިމް - އިންތިޚާބެއްގައި ޑިމޮކްރެޓްސް އަށް ލިބުނު ފުރަތަމަ މޮޅު
މ. މަޑުއްވަރީ ކައުންސިލް ރައީސްގެ ގޮނޑި ޑިމޮކްރެޓސްގެ ކެނޑިޑޭޓް މުޙައްމަދު އާޒިމް އަލީ (ޓޮޓީ) ކާމިޔާބުކޮށްފިއެވެ. މިއަދު ބޭއްވި މ. މަޑުއްވަރީ ކައުންސިލް  ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިޚާބު ޑިމޮކްރެޓްސްގެ ކެނޑިޑޭޓް މުހައްމަދު އާޒިމް އަލީ (ޓޮޓީ) ކާމިޔާބު ކޮށްފައިވަނީ ދެން އެ ގޮނޑިއަށް ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އަބްދުالله އަލީ ގެ މައްޗަށް ކުރިހޯއްދަވައި، 50 ވޯޓުގެ ތަފާތަކުންނެވެ. މިއީ ދަ ޑިމޮކްރެޓްސް އުފެއްދިފަހުން މިހާތަނަށް ވާދަކުރި އިންތިޚާބުތަކުގެ ތެރެއިން އެ ޕާޓީގެ ކެނޑިޑޭޓަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
04 May 2024
ޔާޔާ ނަބީލް ހައްޔަރު ކޮށްފި
މުހައްމަދު ނަބީލް (ޔާޔާ ނަބީލް) މީސް މީޑިއާގެ އަންހެން ހެދުން އަޅައިގެން ނިވާކަން ކުޑަ ވީޑިއޯ އާއްމު ކުރަމުންދާ މައްސަލާގައި އަނެއްކާވެސް އޭނާ ހައްޔަރު ކޮށްފިއެވެ.