ހަބަރު
07 May 2024
ތުއްތު ކުއްޖަކަށް އެކަށީގެންނުވާ ގޮތަށް ފަރުވާދިން ކަމަށްބުނާ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި
މިއަދު އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ޚިލާފައް ދެކެވެމުންދާ ވާހަކައާ ބެހޭގޮތުން އެ ހޮސްޕިޓަލް ހިތާމަކުރާކަމަށެވެ. އައިޖީއެމްއެޗުގެ ބަޔާނުގައި ބުނެފައިވަނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން ޢަމަލުކުރަމުންދަނީ މެޑިކަލް ޕްރެކްޓިސްގައި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ އެއްގޮތަށް ކަމަށާއި މީސްމީޑިޔާގައި މީހެއްގެ ބަލި ޙާލަތާމެދު ވާހަކަތަކެއް ފެތުރުނު ނަމަވެސް ބަލިމީހާއާއި ފަރުވާގެ ތަފްޞީލުތަކަކީ ހޮސްޕިޓަލުން ހާމަކުރާނެ މައުލޫމާތުތަކެއް ނޫންކަމަށެވެ.
07 May 2024
"ގޯރައިޑް" އެޕް އިފްތިތާހުކޮށްފި
ދަތުރުފަތުރުކުރުމުގައި އާންމު ރައްޔިތުންނަށާއި ޑްރައިވަރުންނަށް، ލުއިފަސޭހަކޮށްދިނުމަށް "ގޯރައިޑް"ގެ ނަމުގައި މުޅިން އާ އެޕްލިކޭޝަނެއް އިފްތިތާހުކޮށްފިއެވެ. މި އެޕްލިކޭޝަން އިފްތިތާހުކޮށްފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ލ.ގަން ދާއިރާއަށް ވާދަކުރެއްވި ޕީއެންސީ ކެންޑިޑޭޓް، ޔޫސުފް ނަޝީދު (ޔޫތު) އިންތިޚާބުގައި ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިތްޔާތުގައެވެ. އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލެވެ. ލ. އަތޮޅުގެ އިތުރުން މާލެއާއި، އައްޑުއާއި ފުވައްމުލަކާއި ގދ. ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގައި ވެސް މިހާރު މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.
07 May 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފިއެވެ.
07 May 2024
މީރާގެ ވެރިޔަކަށް ޒަރީރު އައްޔަން ކުރަން ފާސްކޮށްފި
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު އައްޔަން ކުރަން މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއިން ފާސްކޮށްފި އެވެ.
07 May 2024
ބޭރު ޤައުމުތަކަށާއި ޖަމްޢިއްޔާތަކަށް ސަފީރުން ޢައްޔަނުކުރައްވައިފި
ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 9 ސަފީރުން ޢައްޔަނުކުރައްވައިފިއެވެ.
07 May 2024
ޑެންގީ އާއި ޗިކުންގުންޔާ ގެ ކޭސްތަކުގެ އަދަދު 900 އަށް!
އަހަރުގެ މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާ އާއި ގުޅޭ 900 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
07 May 2024
މާރާމާރީ ހިންގީ ލަގެޖް ބަރުވެ އިތުރަށް ފައިސާ ދައްކަން ބުނުމުން: ފުލުހުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބިދޭސީ އަކު މާރާމާރީ ހިންގީ އޭނާ ފުރަން ގޮސް ހުއްޓާ ލަގެޖް ބަރުވެ އެޔަށް އިތުރަށް ފައިސާ ދެއްކުމަށް ބުނުމުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
07 May 2024
ވޯޓުން މެމްބަރު ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
މަޖިލިސް މެމްބަރަކު ތަމްސީލު ކުރާ ދާއިރާއެއްގެ ރައްޔިތުންގެ ވޯޓުން މެންބަރު މަގާމުން ވަކިކުރެވޭ ގޮތަށް ހުށައެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.