ހަބަރު
10 May 2024
ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި ދިރިއުޅޭ މީހަކަށް ހިތްހަމަޖެހުން ލިބޭނެ
އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ހިތް ހަމަޖެހުން ލިބޭނެ ކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
10 May 2024
ކުލި ކޮންޓްރޯލްކުރުމަކީ ކުރަން ކަމުދާ ކަމެއްނޫން: ޑރ. ހައިދަރު
މާލެ ސަރަހައްދުގައި ކުއްޔަށް ދޭ ތަންތަނުގެ ކުލި ކޮންޓްރޯލްކުރުން އެއީ އެންމެ ކަމުދާ ގޮތް ނޫން ކަމަށާއި، އޭގެ ސަބަބުން އިމާރާތުގެ ވެރިންނަށް ގެއްލުންތަކެއް ވާނެ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ރޭ ވިދާޅުވެއްޖެއެވެ.
10 May 2024
ޢުމްރާ ދަތުރުފުޅަކަށް ރައީސް މުޢިއްޒުގެ ދެކަނބަލުން ފުރާވަޑައިގެންފި
މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފުރާވަޑައިގެންފިއެވެ.
10 May 2024
ނިޔާވި މީހާގެ ޖަނާޒާގެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންމިދަނީ: ޝަކީލް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި އޭޕްރިލް/ މެއި 2024 އުމްރާއަށް ގޮސް ހުއްޓާ ނިޔާވި މީހާގެ ޖަނާޒާގެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށް އެ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
09 May 2024
އިންޑިއާ ސިފައިންގެ ފަހު ބެޗު ރާއްޖެއިން ފައިބައިފި
ރާއްޖޭގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު އަނބުރާ ފޮނުވާލައިފިއެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު މިހާރު ސިފައިންގެ ބަދަލުގައި ޓެކްނިކަލް މަދަނީ މީހުން ވަނީ ގެނެސްފައެވެ.
09 May 2024
ހުޅުމާލެއިން ދިރިއުޅުމަށް ދޫކުރާ ބިން ހަމައެކަނި ދިވެހިންނަށް ވިއްކަން ހުޅުވާލައިފި
ހުޅުމާލެއިން ދިރިއުޅުމަށް ދޫކުރާ ބިން ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ވިއްކަން މިއަދު ހުޅުވާލައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރެއްވި ބީލަމުގެ އުސޫލުން ވިއްކަން މިއަދު ހުޅުވާލާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެވެ.
09 May 2024
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމްލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ޖޭވީ ވިޒްޑަމް ނެގޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޠާރިގް އިބްރާހިމްއެވެ. އަދި ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ވަންގް ޓާއޯއެވެ.
09 May 2024
ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އިންޑިޔާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ޖައިޝަންކަރުއާއި ބައްދަލުކުރައްވާ ވަނީ ރަސްމީ މަޝްވަރާ ތަކެއް ކުރައްވާފައެވެ.