12 May 2024
އަމާޒަކީ ބިދޭސީ މީހާގެ ފޮޓޯއަކުނ އޭނާއާ ބެހޭ ހުރިހާ މައުލޫމާތެއް އެނގުން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ޓީމުން ނިމިދިޔަ ހަފްތާގައި ފެށި އޮޕަރޭޝަން ކުރަނގި އިން އެއްކުރެވޭ މައުލޫމާތާއި އެކު، ރަށް ރަށަށް އަރާ ބިދޭސީ މީހާގެ ފޮޓޯއެއް ނަގާލުމުން އޭނާއާއި ބެހޭ ހުރިހާ މައުލޫމާތެއް އެ ރަށެއްގެ ކައުންސިލަށް އެނގިގެން ދިޔުމަކީ އަމާޒު ކަމަށް އެ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.