ހަބަރު
13 May 2024
ދުންހޮޅިން ބަދިގެއަށް ދުން ލީކުވެ، 7 މީހަކު އަނބުރައިގަނެގެން ފަރުވާ ދެނީ!
ކެފޭއެއްގެ ދުންހޮޅިން ބަދިގެ ތެރެއަށް ދުން ލީކުވުމުގެ ސަބަބުން ބަދިގޭގައި ތިބި 7 މީހަކު އަނބުރައިގަނެގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
12 May 2024
އެމްއެންޑީއެފުން ހިންގި ބޭސިކް އީއޯޑީ ކޯހުގެ ދަސްވެނިވުން ބާއްވައިފި
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަ ކުރެއްވި ގޮތުގައި ސްރީލަންކާގެ އަސްކަރިއްޔާ އާ ގުޅިގެން އެމްއެންޑިއެފުން ހިންގި ބޭސިކް އީއޯޑީ ކޯސް ނިންމާލާ، މިއަދު ވަނީ އެމްއެންޑީއެފް ގެ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގައި ރަސްމިއްޔާތެއް ބާއްވާފއެވެ. އެމްއެންޑީއެފް ގެ ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށް ގެންދިޔަ މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ މާރިޗު 24 އިން ފެށިގެން މޭ 11 ގެ ނިޔަލަށެވެ. އެމްއެންޑީއެފުން ހާމަކުރެއްވިގޮތުގައި މި ކޯހުން 27 ސިފައިން ވަނީ ދަސްވެނިވެފައެވެ.
12 May 2024
ރަސްމީ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ޢިއްޒުއްދީން ފާލަން ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ފަށައިފިއެވެ. ޢިއްޒުއްދީން ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެ ފާލަން މަރާމާތު ނުކޮށް ގިނަ ދުވަސްތަކެއްވެ، ފާލަން ވަރަށް ބޮޑަށް ވީރާނާވެފައިވާތީއެވެ. އެހެންކަމުން، މިހާރު ހުރި ފާލަން ރޫޅާލުމަށްފަހު އަލުން އެތަން ތަރައްޤީކުރުމަށް ފާލަން ވަނީ މިހާރު ބަންދުކޮށްފައެވެ.
12 May 2024
އިންތިޚާބަކާ ނުލައި، ށ.ފުނަދޫ ކައުންސިލްގެ އަންހެން މެންބަރަކަށް ޔުމްނާ އިންތިޚާބުވެއްޖެ
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިޢުލާންކުރެއްވި ގޮތުގައި، ޖޫން މަހުގެ 8 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ބައި އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލުމުން، މުއްދަތު ހަމަވީ އިރު ކުރިމަތިލާފާއިވަނީ އެންމެ ކެނޑިޑޭޓެއް ކަމަށެވެ. އެހެންކަމުން ށ.ފުނަދޫގެ އަންހެން މެންބަރަށް ޚާއްސަ ގޮނޑިއަށް ކޮންގްރެސް ޕާޓީން ކުރިމަތިލެއްވި ށ. ފުނަދޫ މާބަގީޗާގެ އާމިނަތު ޔުމްނާ ވަނީ އިންތިޚާބު ވެފައިވާކަމަށް އީސީގެ ބަޔާނުގައި ވެއެވެ.
12 May 2024
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީން ފެނިއްޖެ
މިފްކޯގެ މީޑިއާ އޮފިޝަލެއް ވިދާޅުވިގޮތުގައި، ގއ. ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން މިދިޔަ ބުރާސްފަތި ދުވަހު ސްކްރީން ކުރުމުން، ތިން ބިދޭސީއަކު ވަނީ ފައިލޭރިއާއަށް ޕޮޒިޓިވް ވެފައެވެ. ފައިލޭރިއާއަށް ޕޮސިޓިވް ވި ތިން މީހުންނަކީވެސް އިންޑިއާއަށް ނިސްބަތްވާ ބިދޭސީންނެވެ. މިހާރު އެ ތިން މީހުންނަށްވެސް ވަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދީފައިކަމަށާއި، ތިން މީހުންވެސް ފަރުވާއަށްފަހު މަސައްކަތަށް ނުކުމެފައިވާކަމަށް މިފްކޯގެ އޮފިޝަލް މައުލޫމާތު ދެއްވައެވެ.
12 May 2024
ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައްވާ ބައެއް ރަށްތަކަށް އެހީ ޖަމިއްޔާއިން ފެން ހިންދާ ޕަންޕު ފޯރުކޮށްދީފި
ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންތައްވާ ބައެއް ރަށްތަކަށް އެހީ ޖަމިއްޔާއިން ފެން ހިންދާ ޕަންޕު ހަދިޔާކޮށްފިއެވެ.
12 May 2024
ބޭރަށް 10،000 ޑޮލަރަށް ވުރެ ގިނައިން ގެންދެވޭނީ ފައިސާ ހޯދީ ގޮތް ބެލުމަށްފަހު
މީގެ ފަހުން ރާއްޖެ އިން ބޭރަށް ދާއިރު 10،000 ޑޮލަރަށްވުރެ ގިނައިން ގެންދެވޭނީ އެ މީހަކު އެ ފައިސާ ހޯދީ ކިހިނެއްތޯ ބެލުމަށްފަހުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
12 May 2024
ދެ އިންތިހާބުން އެމްޑީޕީ ބަލިވީ ވައުދު ނުފުއްދާ ހުދުމުހުތާރު ވެރިކަމެއް ކުރީމަ
2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެމްޑީޕީ އަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދު ނުފުއްދުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.