ހަބަރު
22 Feb 2024
އެމް.ކިއު.އޭ ޤަބޫލުކުރާ ފެންވަރަށް ދަނޑުވެރިކަމާ ބެހޭ ކޯސްތައް ހިންގަން ފަށަނީ
އެމް.ކިއު.އޭ ޤަބޫލުކުރާ ފެންވަރަށް ދަނޑުވެރިކަމާއި ބެހޭ ކޯސްތައް ހިންގަން މަގުފަހިވާ ގޮތަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑު އެނިމަލް ވެލްފެއަރ އާއި އިސްލާމިކް ޔުނިވަރސިޓީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
22 Feb 2024
އެޗްޑީސީގެ އެޕްރެންޓިސްޝިޕްގެ 6 ވަނަ ޕްރޮގްރާމް ނިންމުން ފާހަގަކޮށްފި
ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕްގެ 6 ވަނަ ޕްރޮގްރާމުގެ ނިމުން ފާހަގަކޮށް ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
22 Feb 2024
އިންޑިއާއިން ފާރަލަމުންދިޔަ ޗައިނާގެ ރިސާޗް މަނަވަރު ރާއްޖެވަދެއްޖެ
އެމަނަވަރެއް ރާއްޖެއާއި ކައިރިކުރާތީ އަވަށްޓެރި އިންޑިއާއިން ނުތަނަވަސްވެގެން އުޅުނު ޗައިނާގެ ރިސާޗް މަނަވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިއަދު ވަދެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. 4300 ޓަނުގެ ޝިއާންގ ޔަންގ ހޮންގ ކުޑައިރުކޮޅެއްގެތެރޭގައި ރާއްޖޭގައި ބަނދަރުކުރާނެ ކަމަށްވެސް ބުނެއެވެ.
22 Feb 2024
ރައީސް ޔާމީނަށް ހަމަހަމަކަން ކަށަވަރުކޮށްދޭ ކަމަކަށް ގަބޫލެއް ނުކުރަން: ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް މިއަދުގެ ގާނޫނުގެ ރައްކާތެރިކަމާއި، ހަމަހަމަކަށް ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
22 Feb 2024
މުޒާހަރާ ކޮށްގެން ބޭރު ސިފައިން ބާލަން އުޅުނު ނަމަ ނުވީސް
މުޒާހަރާ ކޮށްގެން ގަދަބާރުން، ރާއްޖޭ ގައި ގާއިމްވެތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބާލަން މަސައްކަތް ކުރި ނަމަ، އެއްވެސް ކަމެއް ހާސިލް ނުވީސް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
22 Feb 2024
ގއ. ވިލިނގިލީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ގއ. އަތޮޅު ކައުންސިލާއި، އެއަތޮޅު ވިލިނގިލީ ކައުންސިލާއި އަދި ވިލިނގިލީގެ އ.ތ.މ ކޮމިޓީގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ
22 Feb 2024
ކުރީ ސަރުކާރު ދިޔައީ 9 ބިލިއަން ރުފިޔާ ރައްޔިތުންނަށް ނުދީ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ އޮތް 9 ބިލިއަން ރުފިޔާ އޮތް ކަމަށް ވިދާޅުވެ އިދިކޮޅަށް ވަރުގަދަ ރައްދު ތަކެއް އެމާނިކުފާނު ދެއްވައިފި އެވެ.
22 Feb 2024
ކުރީ ސަރުކާރުން މަސްވެރިންނަށް ހަފްތާއެއް ތެރޭ ފައިސާ ދޫކުރި: ޝާހިދު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކޮވިޑް ގެ އެންމެ ދަތި ދުވަސް ވަރުވެސް މަސްވެރިން ބޭނި މަހަށް ހަފްތާއެއް ތެރޭގައި ފައިސާ ދޫކުރައްވަމުން ގެންދެވި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.