28 Dec 2023
ވަޒީރުންނާއި ސުވާލުކުރުމެ ޤާނޫނު އުވައިލުމަށް ހުށައަޅައިފި!
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދައުލަތުގެ ވަޒީރުންނާއި ސުވާލުކުރުމުގެ ޤާނޫނު އުވައިލުމަށް މަޖިލީހަށް ހުށައަޅައިފިއެވެ.
28 Dec 2023
ޔާމީނާ ގުޅިގެންވީ ވަޢުދު ރައީސް މުޢިއްޒު ފުއްދަވައިފި
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
28 Dec 2023
ރުހުން ދޭން ދައުރުން ބޭރު ޖަލްސާއެއް ބާއްވަން ތައްޔާރު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދިލައްވާނަމަ، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވަވައިގެން ނަމަވެސް، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ ކެބިނެޓް ގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
28 Dec 2023
ދޮގު ޚަބަރު ތަކަކީ ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއް: އީވާ
ދޮގު ޚަބަރު ތަކާއި ދޮގު ޚަބަރުތައް ފަތުރާ ނޫސް މަޖައްލާތަކަކީ ޑިމޮކްރަސީއަށް އޮތް ބޮޑު ބިރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ.
28 Dec 2023
ނޫސްވެރިކަމަށް ހުރަސްއެޅުމާ ދެކޮޅަށް ކުއްލި މައްސަލައެއް
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްނޭޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
28 Dec 2023
ފޭސް ޓޫގައި އެމްއެންޑީއެފްގެ ތަމްރީނުތަކެއް!
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސިފައިންގެ ތަމްރީނުތަކެއް މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފިއެވެ.
28 Dec 2023
ސްޓޭޓް ޝިޕިން ކުންފުނީގެ އެމްޑީ ގެ މަގާމަށް ޝަރީފު ހަމަޖައްސައިފި
މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް ހަމަޖައްސައިފިއެވެ.
28 Dec 2023
ރަސްމާލެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް މަޖިލީހަށް ކުއްލި މައްސަލައެއް
މި ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާ ވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ، ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދާ ގޮތުގައި ހާމަކަމެއް ނެތުމުން ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ސަލީމް މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.