08 Dec 2023
ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް ރައީސް އެދިވަޑައިގެންފި
ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
08 Dec 2023
މަޖިލިސް ޕްރައިމަރީގައި އެމްއެންޕީން ކުރިމަތިލުމަށް ހުޅުވާލައިފި!
ކުރިއަށް އޮތް ރައްޔިތުުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ, އެމްއެންޕީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ޕާޓީން އެ ފުރުސަތު ހުޅުވާލައިފި އެވެ.
08 Dec 2023
އިތުރު އިންވެސްޓްމެންޓްތައް އަންނާނެކަމަށް ޗައިނާއިން ބުނި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ޗައިނާއިން އިތުރު އިންވެސްޓްމެންޓްތައް އަންނާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
08 Dec 2023
"ޢާޒިމާ ނުކުންނަނީ ރައީސް މުޢިއްޒުގެ ޕްލޭން ތަންފީޒު ކުރައްވަން"
މާލެސިޓީ ކައުންސިލްގެ ހުސްވެފައިވާ މެޔަރ ކަމުގެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު، ނުކުންނަވައި ހުންނެވީ، ކުރީގެ މޭޔަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތަންފީޒު ކުރައްވަމުން ގެންދެވި އެކްޝަން ޕްލޭން ތަންފީޒު ކުރައްވަން ކަމަށް މާލެސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
08 Dec 2023
ކަނޑުން ގެއްލުނުބައި ހޯދަން ބަޖެޓަށް 10 މިލިއަން އިތުރުކޮށްފި
ޗާގޯސް މައްސަލަ ނިންމި ގޮތުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނު ސަރަހައްދު ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ހިމަނަން ބަޖެޓު ދިރާސާކުރާ ކޮމެޓީން ފާސްކޮށްފި އެވެ.
08 Dec 2023
ބޭނުންޖެހިފައިތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ބަޖެޓުގައި ކަނޑައަޅައިފި
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އިންޑައިރެކްޓު ސަބްސިޑީ އުވާލާ، ކޮންމެހެން ބޭނުން ޖެހިފައި ތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ކަނޑައަޅައި ބަޖެޓު ދިރާސާ ކޮމެޓީން ބަޖެޓު ފާސްކޮށްފި އެވެ.
08 Dec 2023
އައިއޭސީން ޣައްޒާގެ ރައްޔިތުންނަށް ފުޑް ޕެކޭޖް ބަހައިފި
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް 1200 ފުޑް ޕެކޭޖް ބަހައިފިއެވެ.
08 Dec 2023
ފެނަކަ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓްކުރަނީ
ފެނަކަ ކޯޕަރޭޝަންގެ ހާލަތު ދެނެގަތުމާއި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެތެރޭގެ އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.