މަޖިލީހުގެ ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް
ހަބަރު
08 Dec 2023 | 09:06
ބޭނުންޖެހިފައި ތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ބަޖެޓު ކޮމެޓީން ފާސްކޮށްފި

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އިންޑައިރެކްޓު ސަބްސިޑީ އުވާލާ، ކޮންމެހެން ބޭނުން ޖެހިފައި ތިބި މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް ކަނޑައަޅައި ބަޖެޓު ދިރާސާ ކޮމެޓީން ބަޖެޓު ފާސްކޮށްފި އެވެ. 

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ބަޖެޓު ހުށައެޅިއިރު ފިނޭންސް މިނިސްޓްރީން ވަނީ ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެނައުމަށް ހުށައަޅާފަ އެވެ. 

އެގޮތުން މިހާރު ތެލާއި، ކަރަންޓާއި، ކާޑުގެ ބާވަތްތަކާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ސަބްސިޑީ ދެނީ އެންމެ މުއްސަނދި މީހާއާއި އެންމެ ފަގީރު މީހާ ވެސް އެއްހަމައަކުން ކިރައިގެން ތަފާތު ކުރުމެއް ނެތިއެވެ. 

އެހެން ނަމަވެސް އިންޑައިރެކްޓު ސަބްސިޑީ އުވާލާ، ކޮންމެހެން ބޭނުން ޖެހިފައިވާ ފަރާތްތަކަށް ސަބްސިޑީ ދޭ އުސޫލަށް ބަދަލުކުރުމާއި އެކު، ދެން ސަބްސިޑީ ދޭނީ ދިރިއުޅުމުގެ ހާލަތަށް ބަލައި ދޭ ޑައިރެކްޓް ސަބްސިޑީގެ އުސޫލުގެ ތެރެއިން ނެވެ. 

ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު ވަނީ ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ ގޮތަށް ޑައިރެކްޓް ސަބްސިޑީ ދިނުމަށް ހުށައަޅާފަ އެވެ.

މިގޮތަށް ސަބްސިޑީ ހުށައެޅުމުގެ ބޭނުމަކީ ދައުލަތުގެ ރިކަރެންޓު ޚަރަދުތައް ކުޑަކުރުންކަމަށް ފިނޭންސް މިނިސްޓަރީން ބަޔާންކޮށްފައިވާކަން ޔައުގޫބު ފާހަގަކުރެއްވި އެވެ. 

މިކަން މިގޮތަށް ފާސްވުމުން ސަރުކާރުން ކުންފުނިތަކަށް ސަބްސިޑީދިނުން ނިނުމަކަށް އަންނާނެ އެވެ. އަދި މި ނިންމުމާއެކު އިންޑައިރެކްޓު ސަބްސިޑީގެ ގޮތުގައި ހަމައެކަނި ދޭނީ މަސްވެރިންނަށް ދެމުންދާ ފިއުލް ސަބްސިޑީ އެވެ.

ކޮމެންޓް
މަޒް
މިގައުމުގަ މަސްވެރިން އެކަނިތަ އޮތީ.
08 Dec 2023
ގުޅޭ ލިޔުންތައް
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟