ފެނަކަ އެމްޑީ މުއާޒު މުހައްމަދު ރަޝީދު/ ފޮޓޯ: އިންޓަނެޓް
ހަބަރު
08 Dec 2023 | 05:31
ފެނަކަ ހިންގުން ހަރުދަނާ ކުރުމަށް އޮޑިޓްކުރަނީ

ފެނަކަ ކޯޕަރޭޝަންގެ ހާލަތު ދެނެގަތުމާއި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެތެރޭގެ އޮޑިޓެއް ހަދަން ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. 

ނިމިގެންދިޔަ ސަރުކާރުގައި ފެނަކަ ކުންފުނި ސަރުކާރުގެ "ކޮރަޕްޝަން ހާއްޔަކަށް" ހަދާފައިވާކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ. 

އެގޮތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުންފުންޏަށް ބޭނުން ނުވާރަށް މުވައްޒަފުން ނެގުމާއި، ނުއަގުގައި މަޝްރޫއުތއް ހިންގުންފަދަ އެތައް ކަމެއް ފެނައިން ކޮށްފައިވާކަމަށް ތުހުމަތު އޮތްއިރު، އެ ކުންފުނީގެ ދަރަނި ދެ ބިލިއަނަށް ވުރެ މައްޗަށް ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ. 

ފެނަކަ ކުންފުނީގެ ހުރި މިފަދަ މައްސަލަތައް ބަލައި ހައްލުކުރުމުގެ ގޮތުން ކުންފުނި އޮޑިޓްކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާ މުއާޒު މުހައްމަދު ރަޝީދު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ފެނަކަ ކުންފުންޏަށް ނުކަތާވަރަށް މީހުން އެ ކުންފުންޏަށް ނަގާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިހާތަނަށް ބެލިބެލުމުން ނުއަގުގައި ކުންފުންޏަށް މުދާ ގަނެފައިވާކަން ވެސް ހާމަވާން އޮތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެގޮތަށް އެކަން ކުރުމުގެ ސަބަބުން ކުންފުނީގެ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

"އެންމެ ރަނގަޅު ޕޮލިސީތަކަކުން ނޫން ކުންފުންޏަށް މުދާގަނެފައި ހުރީ. ބޮޑެތި އަގުގައި ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކާއިވެސް ޚިލާފަށް މުދާގަނެފައި ހުރީ. ނުއަގުގައި އެބަހުރި ކުންފުނިތަކަށް ބޮޑެތި ވިޔަފާރި ޑީލްތައް ދީފައި. މިކުންފުނިތަކުގެ ޤާބިލްކަން ހުރި މިންވަރުވެސް އަޅުގަނޑުމެން ބަލާނަން. ހަދާފައިވާ ކޮންޓްރެކްޓްތައް މިދަނީ ރިވިއުކުރަމުން"

މުއާޒު މުހައްމަދު ރަޝީދު

މުއާޒު ވިދާޅުވީ ކުރިއަށް އޮތް ދެ މަސްތެރޭ ކުންފުނި އޮޑިޓްކޮށް ލިބޭ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރައްވާނެ ކަމަށެވެ.

ފެނަކަ ކުންފުނީގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާއިރު، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 79 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. 

މުއާޒު ކުންފުންޏާއި ހަވާލުވުމަށްފަހު، ވަނީ ކޮންޓްރެކްޓް ހަމަވެފައިވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ އުސޫލަށް ބަދަލުގެނެސްފަ އެވެ. އެގޮތުން މަސައްކަތެއް ނެތް ކޮންޓްރެކްޓު މުވައްޒަފުންގެ މުސާރަ އާކޮށްނުދިނުމަށް މުއާޒު ވަނީ ނިންމަވާފަ އެވެ. 

އޭގެ އިތުރުން ވެސް ކުންފުނީގެ ހިންގުން ހަރަދަނާކޮށް، ކުންފުނި އަރަނިވެރި ކުރުމަށް ކުރެވެން އޮތް މަސައްކަތްތައް ކުރައްވާނެކަމަށް މުއާޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.