ހަބަރު
13 Nov 2023
19 ވަނަ މަޖިލީހަކީ، މިހައިތަނަށް ހިނގައިފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް: ނަޝީދު
މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގައި މިހައިތަނަށް ހިނގައިފައި އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށް މަޖިލީހުގެ ރައީސްގެ މަޤާމުން މިއަދު އިސްތިއުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
13 Nov 2023
ހުރިހާ އިސްތިއުފާ ސިޓީ އެއްގައިވެސް އެއް އިބާރާތެއް ފެންނާނެ
އަދާކުރެއްވި މަޤާމުތަކުން އިސްތިއުފާ ދެއްވި ތިން ފަހަރުވެސް އިސްތިއުފާގެ ސިޓީގައި އެއް އިބާރާތެއް ތަކުރާރު ކުރައްވައިފައިވާނެ ކަމުގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
13 Nov 2023
މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު އިސްތިޢުފާ ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަޤާމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވައިފިއެވެ.
13 Nov 2023
"ނަޝީދު ވަކިކުރަން ޖަލްސާ ބޭއްވުމުގެ ބާރު އަމީންއާންމަކަށް ނޯންނާނެ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރަކީ މަޖިލީހުން ބޭރުކޮށްފައިވާ ގަރާރަކަށް ވާއިރު، އެ މައްސަލަ އަލުން އެޖެންޑާކުރުމުގެ ބާރަކީ މަޖިލީހުގެ އަމީންއާންމަށް ލިބިގެންވާ ބާރެއް ނޫންކަމަށް ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
13 Nov 2023
ބޮޑެތި ބަލިތައް ހުރި ފަރާތްތަކަށް ޙައްޖު ޖާގައަށް އެދުމުގެ ފުރުސަތު
ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަކޮށް ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.
13 Nov 2023
ނަޝީދު ވަކިކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޝަރީފު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު 4:00 އަށް ތާވަލުކުރި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފުކަމަށް ކަނޑައަޅައިފި އެވެ.
13 Nov 2023
ރައީސް ޞާލިހު، އަދީބާއި ޒިޔަތަށް މައާފުދީ މިނިވަންކޮށްފި
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި މުގުލުގައި ތިބި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަބްދުالله ޒިޔަތަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މައާފުދެއްވައި ދެ މީހުންވެސް މިނިވަންކޮށްފިއެވެ.
13 Nov 2023
އީވާ ރިޔާސަތުން ބޭރު ކުރަން މަޖިލީހަށް ހުށަހަޅައިފި!
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله ވަކިކުރަން މަޖިލީހުގެ 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.