ހަބަރު
01 Sep 2026
ކުޑަކުއްޖަކަށް ދުއްވަން އުޅަނދު ދީފި ނަމަ 50،000 ރުފިޔާގެ ޖޫރިމަނާއެއް
އެއްގަމު އުޅަނދު ދުއްވަމުންދާއިރު އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކޮށްފި ނަމަ ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤު ކުރައްވައިފިއެވެ.
01 Sep 2026
ވަޒީރު އަމީންގެ ދަރިކަލުން ދާނިޝް އެސްޓީއޯގެ ބޯޑުން އިސްތިއުފާ ދެއްވައިފި
ދާނިޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އޭނާގެ އަމިއްލަ ވިޔަފާރީގެ ބޭނުމަށް ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ހުންނަވަން ޖެހިވަޑައިގަތުމެވެ.
01 Sep 2026
ސަރުކާރުގެ މާލީ ސިޔާސަތުތަކާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުންނަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ 'ދޯހަޅި' އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތަކަށް ނުކުތުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުން ރޭ ގަރާރެއް ފާސްކޮށްފިއެވެ.
01 Sep 2026
ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާވެއްޖެ ނަމަ 5 ލައްކައާ ހަމައަށް
ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ، 100,000 (އެއްލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް އެކުލަވާލާފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީގު ކުރައްވައިފިއެވެ.
01 Sep 2026
ލައިސަންސް ނެތި ޑޮލަރު ވިއްކާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ޚިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކަމާބެހޭ އިދާރާތަކުން ފަށައިފިއެވެ.
01 Sep 2026
ގދ. ތިނަދޫ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 4:11 އެހައިކަންހާއިރުއެވެ.
01 Sep 2026
ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
01 Sep 2026
އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 9 އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.