ހަބަރު
10 Sep 2023
މިއީ ފާރިސްގެ ފެށުން، ކުރިއަށް އޮތީ ކާމިޔާބު: މައުމޫން
ރިޔާސީ އިންތިޚާބުގައި އަޙްމަދު ފާރިސް މައުމޫނަށް ލިބިވަޑައިގަތް ނަތީޖާ އަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތީ ކާމިޔާބު ކަމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Sep 2023
ނަތީޖާ އިން ހައިރާން ވެއްޖެ، ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރުން ކާމިޔާބު ވެދާނެ!
ރިޔާސީ އިންތިޚާބުގެ ނަތީޖާއަކީ ހައިރާންވާފަދަ ނަތީޖާއެއް ކަމަށާއި، ހެދުނު ގޯސްތައް ރަނގަޅުކޮށް ދެވަނަ ބުރު ކާމިޔާބު ވެދާނެ ކަމަށް މި ސަރުކާރުގެ ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
10 Sep 2023
އެމްޑީއޭ އިން ދެވަނަ ބުރުގެ ހިސާބު ޖަހައިފި!
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ހިސާބު، ވެރިކަން ކުރާ އެމްޑީޕީ އާއި ކޯލިޝަން ހަދާފައި އެމްޑީއޭއިން ޖަހައިފިއެވެ.
10 Sep 2023
ގޮންޖެހުންތަކަކާއި އެކު ޑރ މުޢިއްޒު ދިވެހިންގެ އިތުބާރު ހޯއްދަވައިފި!
އެތައް ގޮންޖެހުން ތަކަކާއި އެކު ޑރ މުޙައްމަދު މުޢިއްޒު ދިވެހިންގެ އިތުބާރު ހޯއްދަވައިފިކަމަށް ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
10 Sep 2023
ލ. ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
ލ. ގަމު ލިންކް ރޯޑްގައި ކާރަކާއި ސައިކަލެއް ޖެހި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު ނިޔާވެއްޖެެއެވެ.
10 Sep 2023
މޮރޮކޯ ބިންހެލުން: އެހީވުމަށް އައިއޭސީ އިން ހުޅުވާލައިފި
ހޮނިހިރު ދުވަހު މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހި އެހީތެރިކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީ ފޯރު ކޮށްދިނުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން އެމަޖެންސީ ފަންޑެއް ހުޅުވައިފިއެވެ
10 Sep 2023
ޖެހުނު ހިސާބު ގޯސް: ފައްޔާޒު
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖެހުނު ހިސާބު ގޯސް ކަމަށާއި އިތުރަށް ކުރަންޖެހޭ ކަންކަން ސާފުކުރެވި ދެވަނަ ބުރުގައި ނުކުންނާނީ ބުރަ މަސައްކަތުން އިންތިހާބު ކާމިޔާބު ކުރުމަށް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
10 Sep 2023
ދެވަނަ ބުރަށް ރީރެޖިސްޓާ ކުރަން ވަރަށް އަވަހަށް ހުޅުވާލާނަން
ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.