14 May 2023
ޔާމީން އަތުން 52 މިލިއަން ހޯދަން ޕީޖީން ހައި ކޯޓަށް
ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބުނާ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފިއެވެ.
14 May 2023
ޒިހާނުއާ ދެކޮޅަށް 79 ހެކިން؛ ދެ މީހެއްގެ ހެކިބަސް ނަގައިފި
މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ފޭސް ދޭއްގައި މަރާލައިފައި ފޮއްޓަކަށްލުމަށްފަހު އެއްލާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލައިގައި ދައުވާ ކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނުއާ ދެކޮޅަށް ހުށަހަޅާފައިވާ 79 ހެކިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް މިއަދު ނަގައިފިއެވެ.
14 May 2023
އުތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
14 May 2023
"ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއް"
ނަރުހުން ފޯރުކޮށްދެއްވާ ޚިދުމަތުގެ ނާރެހަކީ އަޅައިލުމާއި ބެލެހެއްޓުމާއި އަދި ބަލިމީހުންނަށް އެންމެ ހެޔޮގޮތް އިޚްތިޔާރު ކުރުމާއިއެކު ކަންކަން ނިންމުންކަމަށާއި ނަރުހުންނަކީ ނަފުސާނީ އަދި ޖަޒުބާތީ ދައުރެއް އަދާކުރާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
14 May 2023
ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ ފިޔަވަޅު އަޅަނީ
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކިޔަވާ ދަރިވަރުން ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ހާލަތްތަކާއި، ފައިސާ ނުދައްކައިފިނަމަ އެޅޭނެ ފިޔަވަޅުތަކުގެ އައު އުސޫލު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން އާންމުކޮށްފިއެވެ.
14 May 2023
"އިންޑިޔާ މީހުން މާފަންނުކޮޅު %83 ވިޔަފާރި އަތުލައިގެންފި"
މާލޭގައި ހިންގާ ވިޔަފާރިތަކަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ބޮޑު ވެފައިވާ ކަމަށް ބުނެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ނުރުހުން ފާޅުކުރައްވައިފިއެވެ.
14 May 2023
"ފަލަަސްޠީނުގައި 2 ދައުލަތެއް ނޯންނާނެ; އެއީ ހަމައެކަނި ފަލަސްޠީނު!"
ފަަލަަސްޠީނުގެ މުޤައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރާތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާޢަތަކަށް އެ ބިމުގައި ދައުލަތެއްގެ ޙައްޤު އޮތްކަމަށް ޤަބޫލުކުރުމީ އުންމަތުގެ ޙައްޤުގައި ވެވޭ ބޮޑުވެންވާ ޚިޔާނާތެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
14 May 2023
އުކުޅަހު ސަފާރީ ބަނދަރުން ނެރުމަށް އަމުރުކޮށްފި
އއ. އުކުޅަހު ބަނދަރުގައި އޮތް ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ފަޅުން ނެރުމަށް އެ ރަށު ކޯޓުން ރޭ އަމުރު ކޮށްފިއެވެ.