ހަބަރު
16 May 2023
"ލިޔެކިއުންތައް ދެއްކުން ދައުލަތަށް ލާޒިމް، ދެން ބަހަނާއެއް ނުދެއްކޭން"
މުޅި ތަޙްޤީޤު ފައިލް ތަޙްޤީޤުލޮގާއި އެކު ބެލުމުގެ ޙައްޤު ދިފާޢަށް ލިބިގެންވާކަމަށާއި، އެ ލިޔެކިއުންތައް ދެއްކުުުމަކީ ދައުލަތުގެ މައްޗަށް ލާޒިމް ކަމެއްކަން ސްްްްޕްރީމްކޯޓުުުން ނިންމި ނިންމުމާއެކު ދެން ދައުލަތަަށް ބަހަނާ ނުދެއްކޭނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ޝިޔާޒް ވިދާޅުވެއްޖެއެވެ.
16 May 2023
އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކަށް 5597 އޮފިޝަލުން ހޯދަނީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
16 May 2023
ޔޫއްޕެ ޖޭޕީއަށް ސޮއިކޮށްފި
މަޝްހޫރު ފިިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
16 May 2023
"ރައީސް ނަޝީދު ވިދާޅުވީ ކަނޑުން ބައެއް އުނިވީމަ އިހްތިޖާޖު ކުރަންޖެހޭ ކަމަށް"
އެމްޑީޕީގެ ސިޔާސަތުގައި ވާގޮތުން ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ އިހްތިޖާޖުކުރަންޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
16 May 2023
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
16 May 2023
ރައީސްގެ ސްކޮލަރޝިޕް 17 ދަރިވަރަކަށް!
މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްފިއެވެ.
16 May 2023
ހުލުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރަނީ
ހުޅުމާލޭގައި ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، އެކްސިޑެންޓުތައް މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާބަންކޯއިން ބުނެފިއެވެ.
15 May 2023
ފުއްގިރި މައްސަލައިގެ ހެއްކާއި ގުޅޭގޮތުން ނިންމި ނިންމުން ސުޕްރިމް ކޯޓުން ދަމަހައްޓައިފި
ފުއްގިރި މައްސަލައިގެ ހެއްކާއި ގުޅޭގޮތުން ރައީސް ޔާމިންގެ ފަރާތްޕުޅުން ސުޕްރަމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިންމާ ހައިކޯޓުގެ ނިންމުމަށް ސުޕްރިމް ކޯޓުން ތާއީދުކޮށްފި އެވެ.