04 Mar 2023
ވަޒީފާ ނެތް މީހުންނަށް އިންޝިޔުރެންސް ތަޢާރަފްކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން
އަންއެމްޕްލޯއިމަންޓް އިންޝިޔިރެންސް ބެނިފިޓް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ.
03 Mar 2023
ނިޒާމް, ލިޓޮން މަރާލި ގޮތް ހާމަކޮށްދީފި
28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ގެއްލުނު ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއްކަމަށްވާ މޮހައްމަދު ލިޓޮން އަތުން އެ ދޯނީގައި މަސައްކަތް ކުރި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް، 51,000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
03 Mar 2023
"ރޮހިންޔާ ރެފިޔުޖީންގެ ހައިހޫނުކަން ފިލުވަން ބަޖެޓެއް ނެތް"
ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ވަރަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭނެ ވަރަށް ބަޖެޓު ލިބިފައި ނުވާ ކަމަށް އ.ދ.ގެ އިދާރާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔު.އެފް.ޕީ)އިން ބުނެފިއެވެ.
03 Mar 2023
ގެފުޅު ތަޅާލާނެ މީހާ
الله سُبْحَانَهُ وَتَعَالَى މި ބިމުގައި ލެއްވި އެންމެ މާތް ބިމަކީ މައްކާގެ ބިމެވެ. މައްކާގެ ޙަރަމްފުޅު ހިމެނޭ ސަރަހައްދު ވަނީ ޙުރުމަތްތެރިވެގެންވާ އަމާންތަނެއްކަމުގައި ލައްވާފައެވެ. އެ ބިމުގައިވާ މަސްޖިދުލްޙަރާމަކީ މި ބިންމަތީގައިވާ އެންމެ މާތް މިސްކިތެވެ. އެ މިސްކިތުގައި ކުރެވޭ ނަމާދަކީ އެހެން މިސްކިތެއްގައި ކުރެވޭ ނަމާދަށްވުރެ އެއްލައްކަ ނަމާދަށްވުރެ އިތުރު ނަމާދެކެވެ. އެ މިސްކިތްކޮޅުގައިވާ ކަޢުބަތުﷲ ގެފުޅަކީ މި ބިންމަތީގައިވާ އެންމެ މާތް ތަނެވެ. މާތް ﷲގެ އެއްކައުވަންތަކަމާއި އިސްލާމްދީނުގެ ހައިބަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު ރަމްޒެވެ.
03 Mar 2023
ލިބޭ ދަރިފުޅު އައިބުތަކުން ރައްކާތެރިކުރަން ކުރެވިދާނެ ކަންކަން
އުފަންވާއިރު ލިބޭ ދަރިފުޅުގެ ކިބައިގައި ހުންނަ އައިބުތަކުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތަކެއް ކުޑަ ކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ފައިސަލް ހާމަކޮށްދެއްވައިފި އެވެ.
03 Mar 2023
ޖަނަވަރީމަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބުނީ ކ. އާއި އދ.އަތޮޅުން
މިދިޔަ ޖަނަވަރީމަހު ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވަނީ ކ.އަތޮޅާއި އދ.އަތޮޅުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
03 Mar 2023
މައުލޫމާތު ބަދަލުވުމުން އައިޑީ ކާޑު ހައްދައިދޭ އަގު ބޮޑުކޮށްފި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކާޑެއް ހައްދައިދޭ އަގު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ބޮޑު ކޮށްފިއެވެ.
03 Mar 2023
"ދުނިޔޭގެ ދަހިވެތި އުޅޭއިރު الله އަށް ޖަވާބުދާރީވާންޖެހޭ ކަން ނޭނގެނީތަ؟"
ބައެއް މީހުން، ދުނިޔެއާއިމެދު ދަހިވެތިވެ، މުދަލާއިގެން މަޝްޣޫލުވުމުގެ ސަބަބުން ނަމާދުކޮށް الله އެންގެވި ކަންކަން ކުރުމަށް ވަގުތު ނުވާކަމަށާ، އެފަދަ މީހުންނަށް އެމީހުން މަރުވާނެ ކަމާއި، اللهގެ ހަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަން ހަނދާންނެތުނީތޯ މިއަދުގެ ޚުތުބާގައި ސުވާލުކޮށްފިއެވެ.