28 Feb 2023
އެމްއާރްއެމްއިން 3000 މެމްބަރުން ހަމަ ކޮށްފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ބޭނުންވާ މެމްބަރުންގެ އަދަދު ހަމަ ކޮށްފިއެވެ.
28 Feb 2023
"އަންހެނުން ވިހާކަންވެސް އެނގުނީ މި ސަރުކާރަށް"
އަންހެނުންނަކީ ވިހާ ބައެއްކަންވެސް އެނގުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެ އެވެ.
28 Feb 2023
"މިނިވަން ވިޔަފާރި އެއްބަސްވުން ތަސްދީގުކުުރުމުން މަހަށް ވާދަވެރި އަގެއް ލިބޭނެ"
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަސްދީގުކޮށްފިނަމަ ވާދަވެރި އަގެއްގައި ޗައިނާއަށް މަސް ބޭރުކުރެވޭނެކަމަށް އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ވިދާޅުވެއްޖެއެވެ.
28 Feb 2023
"ބާރުތައް އޮވެ ކަމެއް ނުކުރެވުނު އިރު ކޮން ދެވަނަ ދައުރެއްތޯ ދޭންވީ؟ "
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ދައްކަވަމުންދާ ވަހަކަތަކަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮމޮނިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދުދެއްވައިފި އެވެ.
28 Feb 2023
ފޭސް 2 ގައި ހަދާ ވަގުތީ މާރުކޭޓްގެ ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު
މާލެ ސިޓީ ކައުންސިލުން ރޯދަ މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
28 Feb 2023
ގުރައިދޫ ދާއިރާގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
28 Feb 2023
"މި ސަރުކާރުން ރޭޕް ކޭސްތަކަށް ހެދި ގޮތް ރައްޔިތުން ހަނދާން އެބަހުރި"
އަންހެނުންގެ ހައްޤުތަކުގެ ވާހަކަ އެމްޑީޕީން ދައްކަނީ ނަމެއްގައި ކަމަށާއި، އެމްޑީީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުގައި ހިނގައިދިޔަ ރޭޕް ކޭސްތައް ހިންދާލި ގޮތް އަދި ރައްޔިތުން ހަނދާން ނުނެތޭކަމަށް މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެންބެ) ވިދާޅުވެއްޖެ އެވެ.
28 Feb 2023
ޙައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުޅުވާލައިފިއެވެ.