ލަންކާ މަސްވެރިން މީގެ ކުރިން ކޮށްފައިވާ މުޒާހަރާ އެއްގެ ތެރެއިން-- ފޮޓޯ/ ގޫގުލް
ހަބަރު
28 Feb 2023 | 15:47
އިންޑިއާ މަސްވެރިންނަށް ލަންކާ ކަނޑުގައި މަސް ބޭނުމުގެ ހުއްދަ ދޭން އުޅޭތީ މުޒާހަރާ ކުރަނީ

އިންޑިއާގެ މަސް ބޯޓުތަކަށް ލަންކާގެ ކަނޑުގެ ސަރަހައްދުން މަސް ބާނަން ހުއްދަދޭން ލަންކާ ސަރުކާރުން ހުށަހަޅާފައިވާތީ ލަންކާގެ މަސްވެރިން މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

ލަންކާގެ ޖަފްނާ އަވަށުގައި މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރަމުންދާ 40 އަށްވުރެ ގިނަ މަސްވެރިންގެ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި، ލަންކާގެ ކަނޑުން މަސްބޭނުމަށް އިންޑިއާ މަސްވެރިންނަށް ހުއްދަ ދިނުމަށް އެގައުމުގެ ފިޝަރީޒް މިނިސްޓަރު ޑޮގްލަސް ދޭވަނަންދާ، ހުށަހަޅާފައިވާ ހުށަހެޅުމަށް ޢަމަލުކޮށްފިނަމަ، އެމީހުންގެ މަސްބޯޓުތައް އެހެލައި މަގު މައްޗަށް ނެރެ މުޒާހަރާ ކުރާނެއެވެ. 

ޖަފްނާ އަވަށުގެ އެ މަސްވެރިންގެ ޖަމިއްޔާ ތަކުގައި ޖުމްލަ 8000 އެއްހާ މަސްވެރިން ހަރަކާތްތެރިވެއެވެ.

އެކަމާއި ގުޅިގެން އިތުރަށް މައުލޫމާތު ދެމުން، މަސްވެރިންގެ ޖަމިއްޔާގެ މީހަކު ބުނެފައިވާ ގޮތުގައި، އިންޑިޔާގެ މަސްވެރިންނަށް ލައިސެންސް ދޫކުރާ އުސޫލުގެ މަތިން ލަންކާގެ ކަނޑުން މަސްބޭނުމަށް ހުއްދަ ދިނުމާއި ގުޅިގެން ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މަޝްވަރާ ކުރުމަށް އެގައުމުގެ ފިޝަރީޒް މިނިސްޓްރީއާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އަދި މީގެ އިތުރުން އިންޑިއާ މަސްވެރިންނަށް އެފަދަ ހުއްދައެއް ދިނުމަކީ އެމީހުން ކާންބޯން ކުރާ މަސައްކަތަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށާ، އެ ގައުމުގެ އިގްތިސާދަށްވެސް އޭގެ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

ހަމައެހެންމެ އެއީ އިންޑިއާ އާއި ލަންކާގެ ކަނޑުގެ ސަރަހައްދު ވަކިކުރާ އިންޓަނޭޝަނަލް މެރިޓައިމް ބައުންޑްރީ ލައިނަށްވެސް ކުރެވޭ ޖެއްސުމެއް ކަން ފާހަގަކޮށް އެފަރާތުން އިތުރަށް ބުނީ، މިފަަދަ ހުއްދައެއް ދީފިނަމަ ދެން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ އުޅަނދުތައް ދެނެގަންނަންވެސް އުނދަގޫ ވާނެ ކަމަށާ، އަދި ލައިސެންސް ދޫކުރުމުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކަށްވެސް އިތުރު ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ. 

ލަންކާގެ މަސްވެރިން ދެކޭ ގޮތުގައި އިންޑިއާ ސަރުކާރުން ދަނީ މި ހުއްދަ ދޭން ނިންމުމަށް ލަންކާ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އަދި ލަންކާގެ ރައީސް ރަނިލް ވިކްރެމްސިންހް އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި މި ކަމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ކޮމެންޓް
އަހުމަދު
މިހެންވެ އިންޑިއާ ވިއަސް އަދި އެހެން ޤައުމެއް ވިއަސް އެއްވެސް ބަޔަކުގެ ދަށު ނުވާންވީ. ދަށުވީމާ ނިމޭއިރު މުޅި އިގްތިސާދުއޮންނާނީ އަމިއްލަ ބާރު ނުހިނގާ ބަލިފަޔަކަށް ވެފަ.
28 Feb 2023
ގުޅޭ ލިޔުންތައް
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.