28 Feb 2023
"ރައްޔިތުންނަށް އިހްސާސްވާވަރަށްވެސް ތަކެތީގެ އަގު ބޮޑެއް ނުކުރޭ"
ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ހުރިހާ ވަތްގަނޑުތަކަކަށް ވަންނަމުންދިޔަ ފައިސާ ހުއްޓި، ދެ އަހަރުވެގެން ދިޔައިރުވެސް، ކަމެއް ދިމާވެގެން އުޅޭކަމުގެ އިހްސާސް, ރައްޔިތުންނަށް ވާވަރަށްވެސް ސަރުކާރުން އެއްވެސް މުދަލެއްގެ އަގު ބޮޑެއް ނުކުރާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ވިދާޅުވެއްޖެއެވެ.
28 Feb 2023
ހައްޖުގައި ބައިވެރިވާ ދިވެހިންނަށް ޙިދުމަތް ދިނުމާގުޅޭ އެއްބަސްވެއްޖެ
1444 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.
28 Feb 2023
އަލްމަރުޙޫމް ރިޒާގެ ހަނދާނުގައި ތަޢުޒިޔާގެ ދަފުތަރެއް ހުޅުވައިފި
މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އަވަހާރަވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލިހުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.
28 Feb 2023
"ސަވާދީއްތަ ދަތުރުގެ ތެރެއިން ރަށްތައް ވިދާލާ، އީދަށް ބާރު ބޮޑުވާނެ"
"ސަވާދީއްތަ ދަތުރު" މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އެ ދަތުރުގެ ތެރެއިން ރަށްތައް ވިދާލާ ބޮޑު އީދާށް ބައެއް ރަށްތަކަށް ބާރު ބޮޑުވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.
28 Feb 2023
"ރިޝްވަތު ދިން މީހާގެ މައްސަލަ ނުފޮނުވުނީ ހެކިނެތިގެންތޯ"
ރިޝްވަތު ދިން މީހާގެ މައްސަލަ ނުފޮނުވުނީ ހެކި ނެތިގެންތޯ ކުރީގެ ޕްރޮސިކިޔުޓާ ޖެނެރަލް ސުވާލުކުރައްވައިފިއެވެ.
28 Feb 2023
"ޖޭޕީގެ ކޮންޓްރޯލު ސަރުކާރަށް ނުނެގުނު، އެއީ ގަދަ ސިފައެއް"
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީގެ ކޮންޓްރޯލު ސަރުކާރުން ނެގިގޮތަށް ޖުމްހޫރީ ޕާޓީގެ ކޮންޓްރޯލު ސަރުކާރަށް ނެގިފައި ނުވާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
28 Feb 2023
ޖޮބް ސެންޓަރުގެ ނަމުގައި އިދާރާއެއް އުފައްދައިފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ.
28 Feb 2023
ކްރިމިނަލް ކޯޓުގެ މަސައްކަތް އޮންލައިންކޮށް ވަގުތީ އޮފީސް ހުޅުމާލެއަށް!
ކްރިމިނަލް ކޯޓުގެ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާތީ މެއިންޓަނެންސްއަށް ބަންދުކޮށް، ވަގުތީގޮތުން އެ ކޯޓުގެ އޮފީސް ހުޅުމާލޭގައި ޤާއިމްކުރި ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.