26 Feb 2023
"އެހެން ޕާޓީތަކުން އުޅެނީ ފިތުނަ އުފައްދައިގެން ކުރިއެރުން ހޯދަން"
އެމްއާރުއެމް ފިޔަވައި ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކުން ކުރިއެރުން ހޯދަނީ ދޭތެރެ ޖައްސައިގެން، ފިތުނު އުފައްދައިގެން ކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
26 Feb 2023
ފަލާހާއި ބައްދަލުކުރިޔަސް ނުފޫޒު ނުފޯރުވޭނެ: ޝަމީމް
ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަހްމަދު ފަލާހާއި ބައްދަލު ކުރެއްވި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ނުފޫޒު ނުފޯރުވެވޭނެ ކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
26 Feb 2023
މާރާމާރީ ހިންގުމާއި ގުޅިގެން ހައްޔަރު ކުރި މީހާ 15 ދުވަހުގެ ބަންދަށް
މާފަންނު ބީޖޭ ގަރާޖު ކައިރި ހުރި ފިހާރައަކުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާއި ގުޅީގެން ހައްޔަރު ކުރި މީހާ ބަންދުގެ މުއްދަތު ދީފިއެވެ.
26 Feb 2023
53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ރައީސް ޔާމީނަށް އަމުރުކޮށްފި
ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
26 Feb 2023
ލިޓަންގެ މަރުގެ މައްސަލައިގައި ނިޒާމްގެ މައްޗަށް 3 ހުކުމެއް
މިދިޔަ ޑިސެމްބަރ މަހު ވީނުވީ އެއް ނޭނގި ގެއްލުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދް ލިޓަންގެ ގެ މައްސަލައިގައި އޭނާ އާއި އެކު ގެއްލުނު ކަމަށް ބަލައި ހޯދި ގދ ތިނަދޫ މަނާރް، މުހައްމަދް ނިޒާމް ގެ މައްޗަށް ތިން ދައުވާ އެއް އުފުލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސިކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
26 Feb 2023
ސަފާރީއެއްގައި ފަތުރުވެރިއެއް ރޭޕް ކުރި މައްސަލަ ބަލަނީ
ސަފާރީއެއްގައި ފަތުރުވެރިޔަކު ރޭޕް ކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެ އެ މައްސަލަ ފުލުހުން ބަލަން ފަށާފިއެވެ.
26 Feb 2023
އަޒްލީނާގެ ޤާތިލް މަރުވެފައި އޮއްވައި ފެނިއްޖެ
މީގެ 21 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ ގާތިލް އަބްދުﷲ ޒުހައިރް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
26 Feb 2023
ޖޭޕީން ކެންޑިޑޭޓެއް ނެރޭ ހިސާބުން ކޯލިޝަން ރޫޅޭނެ: ޝަރީފު
މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީއިން ކެންޑިޑޭޓެއް ނެރޭ ހިސާބުން، މިހާރު އެމްޑީޕީގެ ސަރުކާރާއި އެކު ހަދާފައިވާ ކޯލިޝަން ރޫޅިގެންދާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.