26 Feb 2023
ހެޔޮ މީހުން ލޯބިވާނީ ހެޔޮ މީހުން ދެކެ: އިމްރާން
އާއްމު ގޮތެއްގައި ހެޔޮލަފާ މީހުން ލޯބިވާނީ ވެސް ހެޔޮލަފާ މީހުން ދެކެ ކަމަށާ، ނުބައި މީހުން ލޯބިވާނީ ވެސް ނުބައި މީހުން ދެކެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.
26 Feb 2023
"ރައީސްއާއި ކުޅެން އުޅުމަށްވުރެ ރަނގަޅުވާނީ ބޯވާ ނަގަން ދިޔައީޔާ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި "ކުޅެން" އުޅުމަށްވުރެ ރަނގަޅު ވާނީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބޯވާ ނަގަން ދިޔައީޔާ ކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ ބަހުގެ ހަމަލާތަކެއް އާޒިމަށް ރައްދު ކުރައްވައިފި އެވެ.
26 Feb 2023
ގަރާރަށް ޢަމަލު ކުރުން ކޮންމެހެން ލާޒިމެއް ނޫން: ޤާސިމް
ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ގައުމީ ކޮންފަރެންސް އަށް ހުށަހަޅާ ފާސްކުރި ގަރާރަކީ އޭގެ މައްޗަށް އަމަލު ކުރަން ކޮންމެހެން ލާޒިމް ގަރާރެއް ނޫން ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
26 Feb 2023
މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތުގައި!
މިދިޔަ މަހު އެންމެ ގިނަ މީހުން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލަތަކުގައިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
26 Feb 2023
"ރައީސް ޞާލިހަށް ކޯލިޝަންވެސް ނުހިފެހެއްޓުނު، އެމްޑީޕީވެސް ނުހިފެހެއްޓުނު"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ސަރުކާރު ކޯލިޝަންވެސް އެގޮތުގައި ދަމަހައްޓާނުލެވުނުކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
26 Feb 2023
ޖޭޕީގެ ނައިބު ލީޑަރުގެ މަޤާމު ނަހުލާ ކަށަވަރު ކުރައްވައިފި
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަޤާމު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކަށަވަރުކުރައްވައިފި އެވެ.
25 Feb 2023
ޖުމްހޫރީ ޕާޓީން ރިޔާސީ ރޭހުގައި ވާދަކުރަން ޤަރާރު ފާސްކޮށްފި، ގޮތް ނިންމާނީ ކައުންސިލުން!
ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
25 Feb 2023
ފައްޔާޒު އިބުރާއަށް: ވިސްނުން ކޮށީ، ނޫނީ ނަފްރަތު ބޮޑީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ކާމިޔާބު ކުރެވިދާނެކަމާމެދު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސުވާލު އުފެއްދެވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހޫނު ރައްދެއް ދެއްވައިފި އެވެ.