އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން--
ހަބަރު
26 Feb 2023 | 17:32
އެހެން ޕާޓީތަކުން އުޅެނީ ފިތުނަ އުފައްދައިގެން ކުރިއެރުން ހޯދަން: ފާރިސް

އެމްއާރުއެމް ފިޔަވައި ރާއްޖޭގެ ސިޔާސީ އެހެން ޕާޓީތަކުން ކުރިއެރުން ހޯދަނީ ދޭތެރެ ޖައްސައިގެން، ފިތުނު އުފައްދައިގެން ކަމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ. 

މިއަދު ޓުވީޓާގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފާރިޝް ވިދާޅުވީ، މިދުވަސްވަރު އެންމެ ގިނައިން ދެކެވޭ ވާހަކަ އަކީ އެބައެއްގެ ޕާޓީގެ މެންބަރުންނަށް ވަޒީފާ ހޯދައިދޭނެ ވާހަކަ ކަމަށާ އެފަދައިން ވާހަކަ ދެއްކުމުން، މިއީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެއް ހެން ހީވާ ކަމަށެވެ.

އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ ރާއްޖޭގައި ވޯޓުލެވޭ މީހުންގެ ދެބައިކުޅަ އެއްބަޔާއި ގާތަށް ވެސް ޕާޓީތަކަށް މީހުން ސޮއި ނުކުރާ ކަމަށެވެ. އަދި އެމީހުން ސިޔާސީ ޕާޓީތަކަށް ސޮއި ނުކުރަނީ ސިޔާސީ ޕާޓީއެއްގައި އުޅެން ބޭނުން ނުވާތީ ކަމަށާ، އެމީހުންގެ ހައްގުތަށް ރައްކާތެރިކުރާނެ ޕާޓީއެއްވެސް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އެމްއާރްްއެމް އިން މަސައްކަތް ކުރަނީ އެމީހުންގެ ހައްގުތަށް ވެސް ރައްކާތެރިވާނެ ގޮތެއް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެހެންވީމައި އަޅުގަނޑުމެން އަނެއްކާ ވެސް އެހެން ޕާޓީތަކުން ވާދަކުރާއިރު ތިމަންނަމެން 20،000 މީހުންނޭ 30،000 މީހުންނޭ ތިމަންނަމެން ޕާޓީ މީހުންނޭ ވަޒީފާ ދޭނީ، ތިމަންނަމެން ޕާޓީ މީހުން ބުނާ އެއްޗެއް އެކަންޏޭ އަޑު އަހާނީ. މިހެން ކިޔައިގެން އަޅުގަނޑުމެން ގައުމު ތަރައްގީއެއް ނުކުރެވޭނެ. އެހެން ޕާޓީތަކުން އެކުރާކަމެއް ވަރަށް ސާފުކޮށް ދަންނަވަފާނަން. އެކަކު ރައްޔިތުންގެ މެދުގައި ފިތުނު އުފައްދައިގެން އެކަކު އަނެކަކުގެ ޖައްސައިގެން ކުރިއަށް ހޯދަނީ. އެކަން ކުރާކަށް ނެތިން އަޅުގަނޑުމެން އެމްއާރްއެމް އިން." ފާރިސް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ، ވަޒީފާ ލިބޭނީ އަދި މޮޅުގޮތްތަށް ހޯދައިދީ ފަހި ފުރުސަތު ހޯދައިދޭނީ ޕާޓީއަށް ސޮއިކުރީމައޭ ބުނާނެ ޕާޓީއަކަށް އެމްއާރްއެމް ނުވާނެ ކަމަށެވެ. އަދި އެމްއާރްއެމް ބޭނުންވަނީ ހުރިހާ ރައްޔިތުންނަށް ހަމަަހަމަ ފުރުސަތު ހޯދައިދީ ހައްގުތައް ރައްކާތެރިކުރުން ކަމަށާއި އެވަރުގެ ޕާޓީއެއް އަދި އަދަށްވެސް ނުފެންނަ ކަމަށެވެ. 

"އެވަރުގެ ޕާޓީއަކަށް ވާން އަޅުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ކެރިގެން 3000 މެމްބަރުންނާއިއެކު މިތިބީ. މި ޕާޓީއަށް ވަދެއްޖެއްޔާ މޮޅު ގޮތްތަކެއް ވާނެއޭ ކިޔާގެން މެންބަރުން އިތުރުކުރާކަށް ބޭނުމެއް ނޫން." ފާރިސް ވިދާޅުވި އެވެ.

ފާރިސްގެ މިފަދަ ވީޑިއޯއެއް އާއްމުވެފައި މިވަނީ އަނެއްކާވެސް 3000 މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީ ތަކުގެ ތެރޭގައި އެމްއާރްއެމް ހިމެނިފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ބޭންކަށް ލޯނު ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. މި ޙުކުމް ކުރީ މިމަހު 11 ވަނަ ދުވަހުއެވެ.
12 Oct 2026
ލިވަޕޫލް އަތުން މެންޗެސްޓަރ ސިޓީ މޮޅުވެ، ތާވަލްގެ އެއްވަނައަށް
މި މޮޅާއެކު މެންޗެސްޓަރ ސިޓީ އޮތީ ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމު މިހާރު އޮތީ ހަ ޕޮއިންޓާއެކު ތާވަލުގެ ފަހަތުގައެވެ.
12 Oct 2026
ނަފްސާނީ މުހިންމު ބޭހެއް ރާއްޖޭއިން ހުސްވެފައި؛ ސްޓޭޓްފާމާގެ ޖަވާބެއް ނެތް
މި ބޭހުގެ ސްޓޮކް 10/26 ގައި މުއްދަތު ހަމަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އައު ސްޓޮކެއް އަންނާނެ ތާރީޚަކާ ގުޅޭގޮތުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރުއާ، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވޮއިސްއިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.