ހަބަރު
21 Apr 2020
ޑރ.ޝަހީމްގެ ޚާއްސަ ދަރުހެއް ވޮއިސްގެ ފޭސްބުކް ޕޭޖުން ގެނެސްދެނީ
ޑރ. ޝަހީމް ދަރުސް ދެއްވަން ނިންމަވާފައިވާ މައުޟޫތައް 1- އިސްލާމީ އިޖްތިމާޢީ ނިޒާމު: މިޒަމާނުގެ ގޮންޖެހުންތަކާއި އޭގެ ޙައްލު 2- އިސްލާމީ އުންމަތުގެ ނަމޫނާ ލީޑަރުންނާއި ފިޤުހުވެރިންނާއި ސައެންސްވެރިން 3- އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ އަލީގައި އިޤުތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުން ޤައުމެއް ތަރައްޤީކުރުން 4- ތައުޙީދުގެ އަސާސްތަކުގެ މަތީގައި އިންސާނިއްޔަތާއި ޙަޟާރަތު ބިނާކުރުން 5- ކީރިތި ޤުރުއާނާއި ސުންނަތުގެ ދުޢާތައް 6- ކީރިތި ޤުރުއާނައި ސުންނަތުގެ އަލީގައި އިންސާނާއާ ގުޅުން ހުރި ކަންކަން
23 Feb 2020
ވޮއިސްއާއި ކެބްއެމްވީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއްކަމުގައިވާ ކެބްއެމްވީއާއި "ވޮއިސް" ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
10 Dec 2019
ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ ޚަބަރުތައް ވޮއިސްއިން ގެނެސްދެނީ!
އަންނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާއި އެކު ބޭއްވޭ އިންތިޚާބެކެވެ. މި އިންތިޚާބުން ހޮވޭ ފަރާތްތައް ވެގެންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޮޑެތި ބާރުތަކެއް ލިބޭ ފަރާތްތަކަކަށެވެ.
31 Aug 2019
ފޯޅަވަހީގެ މައްސަލަ: މޮރިޝަސްއާއި ދެކޮޅަށް ވޯޓުލުމުން އެންމެ ފަހުން މަޝްވަރާގެ މޭޒަށް!
ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސަކީ މޮރިޝަަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމުގެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން އެކަމާއި ދެކޮޅަށް ވޯޓުދިނުމުން، ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި މޮރިޝަސްއިން ދިވެހިރާއްޖެއާއި އެކު މަޝްވަރާ ކުރަން ފަށައިފިކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ.
05 May 2019
ވޮއިސް ރޯދަ ހަދިޔާ ޒުވާން ވިޔަފާރިވެރިންނަށް
ވޮއިސްގެ ފުރަތަމަ ރޯދަ ހަދިޔާ ރާއްޖޭގެ ޒުވާން ވިޔަފާރިވެރިންނަށް ދިނުމަށް ނިންމައިފިއެވެ.
07 Mar 2019
މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކަނބަލުންނަށް ވޮއިސްގެ ހަދިޔާއެއް
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކަނބަލުންގެ ކެމްޕެއިން ޚަބަރުތައް ވޮއިސްއެމްްވީ ގައި ހިލޭ ގެނެސްދޭ ގޮތަށް ހަމަޖައްސައިފިއެވެ.
01 Jan 2019
2018ގެ ފާހަގަކޮށްލެވުނު ބޮޑެތި ޝަޚުސިއްޔަތުތަކުގެ ވަންޓުވަން އިންޓަވިއު ވޮއިސްއިން!
ނިމިގެން މިދާ 2018 ވަނަ އަހަރު ވެގެންގޮސްފައިވަނީ ސިޔާސީ ގޮތުން ހަލަބޮލިވެގެންދިޔަ އަހަރެއްގެ ގޮތުގައެވެ. ވޮއިސްއިން މި އާއަހަރުގެ ފުރަތަމަ މަސް މި ޙާއްސަ ކުރަނީ 2018 ވަނައަހަރުގެ އެންމެ ފާހަގަކުރެވުނު ޝަހުސިއްޔަތުތަކަށެވެ. އެގޮތުން މާދަމާގެ "ވޮއިސް" އިން ފަށާމިސެގްމަންޓުގެ ފުރަތަމަ ޝަހުސިއްޔަތެއްގޮތުން ގެނެސްދިނުމަށް ހަމަ ޖެހިފައިވަނީ ރިޔާސީ އިންތިޚާބުން ބަލިވެގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް ޔާމީންއަކީ އެއްބައެއްގެ ހީރޯއެވެ. އަނެއްބަޔެއްގެ ޒީރޯއެވެ. ސިޔާސީ މައިދާނުގެ ކޮންމެ ފަޅިއަކުން ހާލަތަށް ނަޒަރު ހިންގައި ފިކުރުކޮށްލިޔަސް ކުރީގެ ރައީސް ޔާމީން ވެގެންދާނީ އަހަރުގެ އެންމެ މުހިންމު އެއް ޝަޚުސިއްޔަތެކެވެ. ސިޔާސީ މައިދާނުގައި އެމަނިކުފާނުގެ ތާސްބައި އަތުރާލައްވައި ރަނގަޅަށް ޑިގު ކުޅުއްވަމުން ގެންދެވިކަމަށް އެމަނިކުފާނަށް ހީކުރެއްވުނަސް އާޚިރުގައި އެމަނިކުފާނު ހަނދާން ނެތުނު ކަމަކީ ސިޔާސީ މައިދާނަކީ ރާޒުވާގެ މައިދާނެއްކަމެވެ. ތާސްބައި މައިދާނެއް ނޫންކަމެވެ.
05 Nov 2018
ހިޔާ ފްލެޓްގެ ދާއިމީ ލިސްޓް "ވޮއިސް" އިން
ސަރުކާރުގެ "ހިޔާ 2018" މަޝްރޫޢުގެ 4،5،6،7،8،9،10 ކެޓަގަރީގެ ފުލެޓްތަކަށް ޝަރުޠުހަމަވެ، ފުލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ހައުސިންގ މިނިސްޓްރީން ގެޒެޓް ކުރައްވައިފިއެވެ. މިއީ ޝަކުވާ ހުށަހެޅުމަށް ފަހު، ޝަކުވާތަކަށް ބެލުމަށްފަހު ނެރެފައިވާ ލިސްޓެކެވެ. ކުޑަ އިރިކޮޅެއް ތެރޭގައި މި ލިސްޓް ވޮއިސް އަށް އަޕްލޯޑް ކުރެވޭނެއެވެ.
10 Oct 2018
ހިޔާ ފްލެޓް ލިސްޓް: މިހާތަނަށް ގެޒެޓް ކުރެވުނު ހުރިހާ ލިސްޓެއް "ވޮއިސް" ފޭސްބުކް ޕޭޖުން
އިއްޔެ ހައުސިންގ މިނިސްޓްރީން ސަރުކާރުގެ ހައުސިން އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް ވާ "ހިޔާ" މަސްޢޫއުގެ ފްލެޓް ލިބޭފަރާތްތައް ވަނީ ގެޒެޓް ކުރައްވާފައެވެ.
09 Oct 2018
ފްލެޓް ލިސްޓާއެކު ގެޒެޓަށް ބާރުބޮޑުވެއްޖެ: ލިސްޓް ވޮއިސް ފޭސްބުކް ޕޭޖް އިން މިހާރު ފެންނާނޭ
މިއަދު ގެޒެޓް ކުރެވުނު ހިޔާ މަސްޢޫގެ ފްލެޓް ލިސްޓާއެކު ގެޒެޓް ވެބްސައިޓް ބާރު ބޮޑުވެއްޖެއެވެ. މީގެ ސަބަބުން ވެބްސައިޓް ލޯޑު ނުވެ ގިނަ ބަޔަކަށް ސައިޓަށް ވަނުވަމަށް ދަތިތަކާއި ކުރިމަތިވަމުން އެބަދެއެވެ.