25 Mar 2026
5 ރަށެއްގެ އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފި
ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ލ. މުންޑޫ ބަނދަރު ތަރައްޤީކުރުމާއި، ގއ. ނިލަންދޫ އަދި ގދ. ހޯނޑެއްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ނ. ލަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއެކު އެ ރަށުގެ މޫދަށް އެރޭ ސަރަޙައްދާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެއެވެ. އަދި ރ. އަނގޮޅިތީމުގެ ބަނދަރާއި، ޖެޓީ އަދި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.