26 Mar 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ޚަބަރުތައް ފެތުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމް.އެމް.ބީ.ސީ އިން ބުނި ގޮތުގައި، މީޑިއާތަކުން ޢާންމުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދޭންވާނީ ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ "ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.