29 Mar 2026
ކުށުގެ ވެށިން ހޯދާ ފައިސާ ބެލެހެއްޓުމުގައި އުސޫލެއް ނެތް
29 Mar 2026
އަޅުގަނޑުމެން ނަމާދަށްދަނީ ލާ ހޫރެމުންނެއް ނޫން
މި ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވުމުން، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ރައީސް ހުސައިން ޝަރީފް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
29 Mar 2026
އޭސީގެ އައުޓްޑޯ ޔުނިޓެއް ސައިކަލުތަކެއް މައްޗައް ވެއްޓިއްޖެ
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސަރަހައްދަށް އޭސީ އައުޓްޑޯ ސައިކަލުތައް މައްޗައް ވެއްޓިފައިވަނީ ވަރަށް ގިނަ މީހުން އެ ސަރަހައްދު ކައިރީގައި ހުރި ވަގުތެއްގައެވެ. އަދި ސަރަހައްދުގައި ތިބި މީހުން ސިއްސައިގެން ދިޔަ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
29 Mar 2026
ބަޖެޓް ފާސްކުރުމުގެ ނިޒާމު އޮތްގޮތުން އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ: މިނިސްޓަރު
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ނިޒާމުގެ ތެރެއިން ރިޔާސީ އިންތިޚާބަށްފަހު ހަ މަސްދުވަސް ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން ޖެހުމުން، އާ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ބަޖެޓް ފާސްކުރަނީ ދައުރު ހަމަވާން ގާތްވެފައިވާ ކުރީގެ މަޖިލީހުންނެވެ. މީގެ ސަބަބުން އާ ސަރުކާރުގެ ސިޔާސަތުތަކާ ނުގުޅޭ ކަންކަން ބަޖެޓުގައި ހިމެނުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
29 Mar 2026
ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތައް ފަށައިފި
ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ގުރުއާން ކްލާސްތައް މިއަދު ފަށައިފިއެވެ.
29 Mar 2026
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް އިމާރާތާއި އީ.އާރު ހުޅުވައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އައު އީ.އާރު މިއަދު ހުޅުވައިފިއެވެ.
29 Mar 2026
ޝާހީން 2 އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއިދުކޮށްފި
މި ފޯރަމުގައި ޝާހީން ފާހަގަކުރެއްވި ގޮތުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނާނެ ކަމެއް ނޫނެވެ. އަދި މިއީ ދެ އިންތިޚާބު އެއްކޮށްލުން ނޫން ކަމަށާއި، އެއީ ހަމައެކަނި އިންތިޚާބު ބާއްވާ ތާރީޚު އެއް ދުވަހަކަށް ފެއްތުންކަން އޭނާ ބަޔާންކުރެއްވިއެވެ.
29 Mar 2026
އިތުރު 6 ޕާކިން ބިލްޑިންގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ
ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގ ގެ މައްސަލަ ހައްލުކުރުމަށް މިއަދު ބިންގާ އެޅުނު ޕާކިންގ ބިލްޑިންގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމާލުން ކަމަށާ، އިތުރު ހަ ބިލްޑިންގ އެއްގެ މަސަައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.