ޝާހީން ހަމީދު
ހަބަރު
29 Mar 2026 | 13:09
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބީ ހައްގަކަށް އުނިކަމެއް ނާންނާނެ: ޝާހީން

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން އިންތިހާބީ ހައްގަކަށް އެއްވެސް އުނިކަމެއް ނާންނަ ކަމަށާއި ޤާނޫނުއަސާސީގެ އޮނިގަނޑަށް ބަދަލެއް ނާންނާނެ ކަމަށް ތަޖުރިބާކާރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވެއްޖެއެވެ.

ޝާހީން މިހެން ވިދާޅުވެފައިވަނީ، ޤާނުނީ އަދި ދުސްތޫރީ ނަޒަރަކުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި ބެހޭ ގޮތުން ބާ ކައުންސިލުން ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ޤާނޫނުއަސާސީގެ ރޫހަށް އުނިކަމެއް އަތުވެދާނެތޯ ކުރެވޭ ސުވާލުތަކަށް އޭނާ ވަނީ ޖަވާބު ދެއްވާފައެވެ.

ޝަހީން ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ހައްޤަށް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ. އިންތިޚާބުތައް ވަކިން ބޭއްވުމަކީ އިސްލާހުގެ މަސައްކަތެއްގެ ގޮތުގައި ފެނުނު ނަމަވެސް، އެއް ދުވަހެއްގައި ވޯޓުލުމުން ވެސް ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު ފުރިހަމައަށް އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެ އިންތިޚާބު އެއްކޮށްލަނީއެއް ނޫން، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވިޔަސް އިންތިޚާބު ކުރުމަށް، ވޯޓުލުމުގެ ހައްޤު ހަމަ އެ ލިބޭ ވޯޓެއް އެ ލިބޭ ގޮތަކަށް އޮތީ

ޝާހީން ވިދާޅުވިއެެވެ.

މީގެ އިތުރުން، ޝާހީން ވަނީ ޤާނޫނުއަސާސީ އެކުލަވާލެވުނު އިރު އިންތިޚާބުތަކުގެ މެދުގައި އޮންނަ މުއްދަތަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވާފައެވެ. ކުރިން ތިން މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަވެސް، މިހާރު އެ މުއްދަތު ހަ މަސް ދުވަހަށް ދިގުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، މި މުއްދަތަށް ބަދަލު އައުމަކީ ޤާނޫނުއަސާސީގެ އަސާސީ ސިފަތަކަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބެއް އެއްދުވަހަކު ބޭއްވުމުގެ ސަބަބުން ޤާނޫނުއަސާސީގެ އޮނިގަނޑަށް މާބޮޑު އުނިކަމެއް އަތުވެދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ

ޝާހީންގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވިއެވެ.

މި ބަދަލަކީ ރާއްޖޭގެ ފާރަވެރިވުމުގެ ނިޒާމަށް ވެސް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ބާ ކައުންސިލްގެ މި ފޯރަމްގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

2 އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު މި އަންނަ މަހުގެ 4 ވަނަ ދުވަހު ނެގުމަށް ވަނީ ނިންމައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި