މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރަސްޓްރަކްޗަރ، އަބްދުﷲ މުއްޠަލިބް
ހަބަރު
29 Mar 2026 | 14:21
ބަޖެޓް ފާސްކުރުމުގެ ނިޒާމު އޮތްގޮތުން އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ: ޑރ. މުއްޠަލިބު

ބަޖެޓް ފާސްކުރުމުގެ ނިޒާމު އޮތްގޮތުން އާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، "ލިންކްއެޑިން" ގައި މިއަދު ކުރެއްވި ޕޯސްޓްއެއްގައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ނިޒާމުގެ ތެރެއިން ރިޔާސީ އިންތިޚާބަށްފަހު ހަ މަސްދުވަސް ތެރޭގައި މަޖިލިސް އިންތިޚާބު ބާއްވަން ޖެހުމުން، އާ ސަރުކާރެއްގެ ފުރަތަމަ އަހަރުގެ ބަޖެޓް ފާސްކުރަނީ ދައުރު ހަމަވާން ގާތްވެފައިވާ ކުރީގެ މަޖިލީހުންނެވެ. މީގެ ސަބަބުން އާ ސަރުކާރުގެ ސިޔާސަތުތަކާ ނުގުޅޭ ކަންކަން ބަޖެޓުގައި ހިމެނުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މިނިސްޓަރުގެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު އެއްވެސް ރިޔާސީ އިންތިޚާބެއްގައި މަގާމުގައި ހުންނެވި ރައީސަކަށް ކާމިޔާބު ލިބިވަޑައިގެންފައެއް ނުވެއެވެ. މި ހާލަތުގައި، އާ ސަރުކާރުން މަސައްކަތް ކުރަން ޖެހެނީ އެ ސަރުކާރަކަށް އިތުބާރު ނެތް މަޖިލީހަކުން ފާސްކޮށްފައިވާ ބަޖެޓަކަށެވެ. މީގެ ސަބަބުން ބަޖެޓުގައި ހިމަނާ މަޝްރޫއުތަކަކީ އެކަށީގެންވާ ޕްލޭނެއް ނެތި، ނުވަތަ މާލީ ގޮތުން ދެކޮޅުނުޖެހޭ ގޮތަށް ހިމަނާފައިވާ ކަންކަމަށް ވުމުން، އާ ސަރުކާރަށް އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިވެ، ގައުމުގެ ހިންގުމަށް ބުރޫއަރާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ނިޒާމީ މައްސަލައަށް އޮތް ހައްލަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ބަދަލާއެކު ސަރުކާރާއި މަޖިލީހުގެ ދައުރު އެއްކޮށް ފެށިގެންދާނެއެވެ. މީގެ ސަބަބުން އާ ސަރުކާރުގެ ފުރަތަމަ ބަޖެޓަކީ އެ ސަރުކާރާއެކު އިންތިޚާބުވާ އާ މަޖިލީހުން ބަހުސްކޮށް ފާސްކުރާ ބަޖެޓަކަށް ވެގެންދާނެއެވެ. މިއީ ސިޔާސީ މަންފާއަށްޓަކައި ބަޖެޓަށް ގެންނަ ބަދަލުތައް މަދުކޮށް، ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަގުފަހިވާނެ ކަމެކެވެ.

މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލުމާ ބެހޭގޮތުން ހުރި ޚިޔާލުތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެގޮތަށް ކަންތައް ކޮށްފިނަމަ މަޖިލިސް އިންތިޚާބު ވެގެންދާނީ "މިޑް-ޓާމް" އިންތިޚާބަކަށެވެ. މީގެ ސަބަބުން ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުވާ ސަރުކާރެއްގެ ދައުރުގެ މެދުތެރެއިން މަޖިލީހުގެ އަޣުލަބިއްޔަތު ބަދަލުވެ، ސަރުކާރުގެ ހިންގުމަށާއި ސިޔާސީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. އަދި މަޖިލިސް އިންތިޚާބު ކައުންސިލް އިންތިޚާބާ އެއްކޮށްލަން ބޭނުންނަމަ، މިހާރު އޮތް މަޖިލީހުގެ ދައުރު ދެ އަހަރަށް އިތުރުކުރަން ޖެހޭނެ ކަމަށާއި، އެއީ ރައްޔިތުންގެ މަގުބޫލުކަން ލިބޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިންމަވާލައްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ހަމައެކަނި ޚަރަދު ކުޑަކުރުމެއް ނޫން ކަމަށާއި، އެއީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ސަރުކާރާއި މަޖިލީހަށްވެސް ރައްޔިތުން އެއްފަހަރާ ދޭ މެންޑޭޓަކާއެކު، ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އިތުރަށް ހަރުދަނާވެ، ހިންގުމުގެ ދާއިރާގައި ހުރި އޮޅުންބޮޅުންތައް ފިލައިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި