2021 ވަނަ އަހަރު މައްސަލައެއްގައި ފުލުހުން ހޯދި ފައިސާތަކެއް... ފޮޓޯ: ފުލުހުން
ހަބަރު
29 Mar 2026 | 16:00
ފުލުހުން ކުށުގެ ވެށިން ހޯދާ ފައިސާ ބެލެހެއްޓުމުގައި އުސޫލެއް ނެތް: އޮޑިޓަރ

ކުށުގެ ވެށިން ހޯދާ ފައިސާ ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އެއްވެސް ކަހަލަ އުސޫލެއް ހަމަޖައްސާފައި ނުވާކަމަށް ދައުލަތުގެ އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފުލުހުންގެ 2018، 2019 އަދި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތި ޗެކްކުރިއިރު، ކުށުގެ ވެށިން ނަގާ ފައިސާ ވަކި ތިޖޫރީއެއްގައި ބަލަހައްޓަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

މި ފައިސާގެ ތެރޭގައި އެތައް އަހަރެއްގެ ކުރީގެ ކޭސްތަކާއި ގުޅިގެން ނަގާފައިވާ ފައިސާ ހިމެނެއެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ބައެއް ފައިސާ ގިނަދުވަސްވުމުގެ ސަބަބުން ވީދި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ. 

އޮޑިޓް ރިޕޯޓްގައި ބުނީ ކުށުގެ ވެށިން ނަގާ ފައިސާ ފުލުހުންގެ ތިޖޫރީގައި ބަހައްޓަމުންދާއިރު، ފައިސާ ކުށުެގ ވެށިން ހަވާލުވުމާއި، ފައިސާ އަތުލާފައިވާ ފަރާތަށް އަނބުރާ ދޭންޖެހޭ ހާލަތުގައި ފައިސާ އަނބުރާ ހަވާލުކުރުމާއި، ފައިސާ ދައުލަތަށް އަނބުރާ ނަގަންޖެހޭ ހާލަތުގައި އަނބުރާ ނެގުމަށް، ފައިސާ ތިޖޫރީއަށް ވެއްދުމާއި ދޫކުރުމުގައި އަމަލުކުރާނޭ ވަކި އުސޫލެއް ކަނޑައެޅިފައިނުވާކަމަށެވެ.

ރިޕޯޓްގައި ބުނީ މިގޮތަށް ގިނަ އަދަދެއްގެ ފައިސާ ބަލަހައްޓަމުންދާއިރު، ވަކި އުސޫލެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށާއި، 2022 ވަނަ އަހަރުގެ އޮަގަސްޓްމަހުގެ 23 ވަނަ ދުވަހާ ހަމަޔަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމަށެވެ.

މިކަމާ ގުޅިގެން އޮޑިޓަރ ޖެނެރަލް ވަނީ ކުށުގެ ވެށިން ނެގޭ ފައިސާ ތިޖޫރީގައި ބެލެހެއްޓައި އަދި އެ ނަގަންޖެހޭ ހާލަތްތަކުގައި ނެގުމަށް އަމަލުކުރާނޭ ވަކި އުސޫލެއް ކަނޑައެޅުމަށް އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި