އެމް.އެމް.ބީ.ސީގެ ރައީސް، މުހައްމަދު ފަރްޝަތް
ހަބަރު
26 Mar 2026 | 10:26
މެދުއިރުމަތީގެ ހަނގުރާމައިގެ ޚަބަރުތައް ފެތުރުމުގައި ސަމާލުވުމަށް އެމް.އެމް.ބީ.ސީ އިން އިލްތިމާސްކޮށްފި

ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުންދާ މިފަދަ ޚައްޞާސް ދަނޑިވަޅެއްގައި، މީޑިއާތަކުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އިން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ. 

އެމް.އެމް.ބީ.ސީ އިން މިހެން ބުނެފައިވަނީ އިއްެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެމް.އެމް.ބީ.ސީ އިން ބުނި ގޮތުގައި، މީޑިއާތަކުން ޢާންމުންނާ ހަމައަށް މަޢުލޫމާތު ފޯރުކޮށްދޭންވާނީ ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ "ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޚާއްޞަގޮތެއްގައި، މި ދަނޑިވަޅުގައި ޚަބަރު ފެތުރުމުގައި ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން" މި މާއްދާއަށް ހުރިހާ މީޑިއާތަކުންވެސް ސަމާލުކަން ދިނުމަށް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން ފެކްޗުއަލް ޕްރޮގްރާމްތައް ގެނެސްދިނުމުގައިވެސް ވަކި އުސޫލުތަކަކަށް ތަބާވުމަށް ވަނީ އަންގާފައެވެ.

މިގޮތުން ސުލޫކީ މިންގަނޑުގެ 6 ވަނަ މާއްދާގެ (ކ) އާ ހަވާލާދީ ކޮމިޝަނުން ބުނެފައިވަނީ، އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓް ހިމެނުމުގައި، އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފްހޫމް ނުގެއްލޭނެ ގޮތަށް ޚަބަރުތައް ގެނެސްދޭންޖެހޭނެ ކަމަށެވެ. މިއީ ޚަބަރުގެ ތެދުބަހަކަށް ކަންކަން ހާމަކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި އަސްލާ އެއްގޮތް ނޫން ގޮތަށް މެނިޕިއުލޭޓް ކޮށްފައިވާ ނުވަތަ ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި، އޯޑިއޯ އަދި ވީޑިއޯ ބޭނުން ނުކުރުމަށް ސުލޫކީ މިންގަނޑުގެ 14 ވަނަ މާއްދާގެ (ރ) އާ ހަވާލާދީ ވަނީ އިލްތިމާސްކޮށްފައެވެ. މި ހައްސާސް ދަނޑިވަޅުގައި ނޫސްވެރިން އެފަރާތްތަކުގެ ފަރުދީ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށްވެސް އެމް.އެމް.ބީ.ސީ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ