ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ޝަރީފް
ހަބަރު
25 Mar 2026 | 14:48
އަގުހެޔޮ ފްލެޓުތަކުގެ ތިން ކޮޓަރީގެ ތަނެއްގެ އަގު އުޅޭނީ 10،000ރ. ގައި: ޝަރީފް

ބީއެމްއެލްއާއި ހަވާލުކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް 10،000ރ. ގައި ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

ޝަރީފް މިހެން ވިދާޅުވެފައިވަނީ ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުގެ "އާއިލީ ބޯހިޔާވެހިކަން އެންމެންނަށް" ފްލެޓް ސްކީމުގެ ދަށުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ އިން ވަނީ 3،260 ފްލެޓް މާލެ ސަރަހައްދުގައި އެޅުމަށް ބީއެމްލްއާއި ހަވާލުކޮށްފައެވެ. މި ފްލެތްތައް އަޅާނީ ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިންނެވެ. 

އަގުހެޔޮ ފްލެޓު މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވިއެވެ.

ލީސް ޓު އޯން ނުވަތަ މަހުން މަހަށް ކުލި ދައްކައިގެން މިލްކު ކުރެވޭ މޮޑެލްއެއްގައި އެ މަޝްރޫއު ކުރިއަށް ގެންދަނީ ވެސް އެ ސަބަބާހުރެ ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވައިފައެވެ. 

މީގެ ތެރޭގައި ކުލި މިހާވަރެކޭ ދަންނަވައި، ފައިނަލް ކުރަން ތަންކޮޅެއް އަވަސް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10،000 ވަރަކަށް ހާސް ހިސާބުގައި ތިން ބެޑްރޫމް އެޕާޓްމަންޓެއްގެ ކުލި ހަމަޖެހިގެން ދިއުމަކީ އެކަށީގެންވާ ކަމެއް އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރަށް ބަލާއިރު

ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މާކެޓުގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 25،000-30،000ރ. އާ ދެމެދުގައި ކަމަށެވެ. އެހެންކަމުން، ކުލި އެހާ ކުޑަވުމަކީ ފްލެޓު ލިބޭ މީހުންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. 

މީގެ އިތުރުން، ޝަރީފް ވިދާޅުވީ ބީއެމްއެލް އިން އިމާރާތްކުރާ ހުރިހާ ފްލެޓެއްގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން ވަނީ 2028 ގައި އެ މަޝްރޫއުތައް ނިންމުމަށް އެއްބަސްވެފައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ