11 Feb 2026
މި މަހު ފުރަތަމަ ހަފްތާގައި މާލެ ސަރަހައްދުގައި 63 އެކްސިޑެންޓު
މީގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލޭގައެވެ.
11 Feb 2026
އެމްޑީޕީ މެންބަރުންނާ ދިމާއަށް ލާދީނީ ކިޔުން ހުއްޓުވަން އެދިއްޖެ
އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މީހުންނާ ދިމާއަށް ލާދީނީ ކިޔުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
11 Feb 2026
މަސްދަޅުކޭސް ނެގުމުގެ މުއްދަތު މިރޭ 11 އަށް ހަމަވަނީ
ރޭގެ ނިޔަލަށް މާލޭ ސަރަޙައްދުގެ 43،923 ގޭބިސީއަކަށް މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ.
11 Feb 2026
ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމައިފި
އެމްޓީސީސީ އިން ބުނާ ގޮތުގައި އަންނަ ހަފްތާގެ ތެރޭގައި އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާނެއެވެ.
11 Feb 2026
16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ޕެޓިޝަނެއް
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާއަށް ނުވަދެވޭ ގޮތް ހެދުމަށާއި، އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭނޭހެން ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައި ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
11 Feb 2026
ރައީސް، ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދެއްވާފައިވެ އެވެ.
11 Feb 2026
ރާއްޖެއާއި ޖަރުމަނާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފި
ސަރުކާރުން ހާމަކުރެއްވި ގޮތުގަައި މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު، ޖަރުމަނުވިލާތުގެ ރައީސްގެ ދައުވަތަކަށް، އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
11 Feb 2026
މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު އިފްތިތާހުކުރަނީ
މައުމޫންގެ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫޢު ފާހަގަ ކުރެއްވި އެވެ. މިއީ ގައުމީ ފެންވަރުގެ ބޮޑު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.