15 Apr 2025
40 އަހަރަށް ފަހު، ޙަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަންނަވަނީ!
40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
15 Apr 2025
ބާރުގަދަ ޤައުމުތަކުގެ ފިއްތުންތައް އޮތް އިރު، މިވަގުތަށް މިއީވެސް ބޮޑުކަމެއް
އިސްރާޢީލް ޕާސްޕޯޓް އޮންނަ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް މަނާ ކުރުމަކީ މިވަގުތަށް ކުރެވުނު ބޮޑު ކަމެއް ކަމުގައި، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
15 Apr 2025
އިސްރާޢީލު ޕާސްޕޯޓް މަނާކުރުމުގެ ބިލަށް އެމްޑީޕީން ޚިޔާލުހުށަނޭޅި: ފަލާޙު
އިސްރާޢީލު ޕާސްޕޯޓް މަނާކުރަން ހުށައެޅި ބިލު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދިޔައިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށްވެސް ހުށައެޅުމަށް ތަކުރާރުކޮށް ސިޓީ ފޮނުއްވެވި ކަމަށާ އެހެން ނަމަވެސް، އެ ޕާޓީއިން ބިލަށް ޚިޔާލު ހުށަނޭޅިކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.
15 Apr 2025
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރާ ބިލް ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ އެ ބިލު ވަގުތުން ތަސްދީގު ކުރައްވައިފި
އިސްރާއީލްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް އެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަގުތުން އެ ބިލް ތަސްދީގު ކުރައްވައިފިއެވެ.
15 Apr 2025
އިސްރާއިލް ޕާސްޕޯޓް މަނާ ކުރަން މަޖިލީހުން ފާސްކޮށްފި
ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާ އިންސާނީ ހަމަލާތައް ހުއްޓާލަންދެެން އިސްރާއީލުގެ ޕާސްޕޯޓް މަނާ ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
15 Apr 2025
އަނަސްގެ ރުހުން އޮތް ކަމަށް މަޖިލީހުުން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުން މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރުހުން ދީފިއެވެ.
15 Apr 2025
ހިޔާ ޓަވަރު 3އިން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 3އިން ވަގުތީ ގޮތުން ކަރަންޓް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
15 Apr 2025
ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް: ތުރުކީގައި ދިވެހި އެމްބަސީ ޤާއިމުކޮށްފި
ދިވެހިރާއްޖެއިން ތުރުކީވިލާތުގައި އެމްބަސީއެއް ޤާއިމުކޮށްފިއެވެ. އެމްބަސީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ތުރުކީގެ ސަގާފަތާއި ފަތުރުވެރިކަމުގެ ވަޒީރު މެހްމެތް ނޫރީ އެރްސޮއި އަދި ތުރުކީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. މި ރަސްމިއްޔާތުގައި ޚާއްސަ ދިދަ ނެގުމުގެ ހަރަލާތެއް ވެސް ބޭއްވުނެވެ.