03 Jan 2025
މިއީ އެންމެން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަންވީ ވަގުތު: ޝާހިދު
މިއީ އެންމެން އެކަތިގަނޑަކަށްވެ، މަސައްކަތްކުރަންވީ ވަގުތުކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
03 Jan 2025
ހަވީރުކޮޅު މާލެއަށް ވާރޭ ވެހުނީ، ރެކޯޑް އަދަދަކަށް:މެޓް އޮފީސް
މިއަދު ހަވީރުކޮޅު މާލެއަށް ވެހުނު ވާރެއާއެކު މުޅި މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ހަވީރު 5 ކުން 6 ޖެހުމާ ހަމަޔަށް މާލެއަށް ރެކޯޑް އަދަދަކަށް ވާރޭ ވެހުނުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
03 Jan 2025
ބަރު އުޅަނދުތައް މާލޭގެ މަގުމަތީގައި ނުދުއްވަން ފުލުހުން އެދިއްޖެ
މަގުތައް އާއްމު ޙާލަތައް އަންނަންދެން ބަރު އުޅަނދުތައް މާލޭގެ މަގުމަތީގައި ނުދުއްވަން ފުލުހުން އެދިއްޖެއެވެ.
03 Jan 2025
ދިވެހިރާއްޖޭގެ މާލީ ގޮންޖެހުންތަކުގައި އިންޑިއާއިން ދޭ އެހީތެރިކަމަށް ޝުކުރުއަދާކޮށްފި
ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގައި އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކޮށްފިއެވެ.
03 Jan 2025
މޫސުން ވަރަށް ބޮޑަށް ގޯސްވެ، އޮރެންޖު ސަމާލު ނެރެފި
މޫސުން ވަރަށް ގޯސްވެ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އޮރެންޖް ސަމާލު ނެރެފިއެވެ.
03 Jan 2025
އުދަ އަރައި އިނގުރައިދޫގެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް
ރ. އިނގުރައިދޫގެ ގިރާ ސަރަޙައްދުގައި ހުރި ގެތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އިނގުރައިދޫ ކައުންސިލުން ބުނެފިއެވެ.
03 Jan 2025
ގަދަވަޔާއި ވިއްސާރައިގެ ސަބަބުން ވީއައިއޭއަށް ފްލައިޓްތައް ނުޖެއްސިފައި
މިއަދު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި އެހެނިހެން އެއާޕޯޓްތަކަށް ގިނަ އަދަދެއްގެ ފްލައިޓްތައް ނުޖެއްސި، މަޑުކުރަންޖެހިއްޖެއެވެ.
03 Jan 2025
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުން އަދިވެސް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.