28 Nov 2024
ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް ފަށައިފި
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް ފަށައިފިއެވެ.
28 Nov 2024
މަންމައަށް އަނިޔާކޮށް، ގަދަކަމުން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި
މަންމަ ގައިގައި ތަޅައި އަނިޔާކޮށް، ގަދަކަމުން ފައިސާ ހޯދަން އުޅުނުކަމުގެ ްތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
28 Nov 2024
ބްރޯޑްކޮމްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ.
28 Nov 2024
އަލްޢަސްރުން ކުރިއަށް ގެންދާ ”އައްޑަނަ“ ވޯކްޝޮޕް މިއަދު
ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، الله ގެ ޙައްޤުތަކަށް ރައްކާތެރިވާނެ ޖީލެއް އުފެއްދުމުގެ މަޤްޞަދުގައި އަލްޢަސްރު ޖަމްޢިއްޔާއިން "އައްޑަނަ" ނަމުގައި ޚާއްޞަ ވޯކްޝޮޕެއް މިއަދު ފެށޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ:
27 Nov 2024
މާފަންނު ކެފޭއެއްގައި މާރާމާރީ ހިންގައި، މީހަކު ޒަހަމްކޮށްލައިފި
މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
27 Nov 2024
އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ހުސްވެފައިވާ އިލެކްޝަން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
27 Nov 2024
ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ބަދަލެއް ނުގެނޭ: ފިރުޒުލް
ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ މިހާރުގެ ގަވާއިދަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އަލަށް އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނާފައިވަނީ އިސްތިސްނާ ޙާލަތްތަކެއް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
27 Nov 2024
ލ.ފޮނަދޫގައި ބޮޑު ޝޮޕިން ކޮމްޕްލެކްސްއެއް އަޅަނީ
ހައްދުންމަތީ ފޮނަދޫގައި ޝޮޕިންގް ކޮމްޕްލެކްސްއެއް ތަރައްޤީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.