06 Nov 2024
އެމްޑީޕީ ޕީޖީ ގްރޫޕްގެ އެންމެބޮޑު އެއް ކަންބޮުޑުވުމަކީ، އަދިވެސް ބަޖެޓްފޮތް ލިބިފައިނުވުން
ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނުއިރު، އަދިވެސް މެމްބަރުންނަށް ބަޖެޓް ފޮތް ލިބިފައިނުވާކަމަށް ބުނެ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
06 Nov 2024
ވިޔަފާރިވެރިޔާ ކުވާ މޮހޮދޭ ނިޔާވެއްޖެ
ކުރީގެ ސިޔާސީ ޝަހްސިއްޔަތު އަދި ވިޔަފާރިވެރިޔާ މުހައްމަދު ޔޫސުފް (ކުވާ މޮހޮދޭ) ނިޔާވެއްޖެއެވެ.
06 Nov 2024
"ކޫލް ސްކޫލް" ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން އޭސީ ހަދިޔާކޮށްފި
ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތަކެއްގައި ވެސް އޭސީ ހަރުކުރުމަށް ސަރުކާރުން ފަށާފައިވާ "ކޫލް ސްކޫލް" ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން އޭސީ ހަދިޔާކޮށްފިއެވެ.
06 Nov 2024
"ކްރިޕްޓޯ ކަރަންސީ ތައާރަފްކުރުމާއި ބެހޭ ގޮތުން ގަވަރުނަރަށް ދެންނެވިން"
ކްރިޕްޓޯ ކަރަންސީ ރާއްޖެ އަށް ތައާރަފް ކުރުމާއި ބެހޭ ގޮތުން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ދަންނަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
06 Nov 2024
ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭންގެ މަޝްވަރާ ބައްދަލުވުން އިފްތިތާޙްކޮށްފި
ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ. ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެެވެ.
06 Nov 2024
ޓެކްސް ކޮމިޝަނަރުގެ ނައިބަކަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުންދީފި
ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
06 Nov 2024
އަރަބިއްޔާގެ އާ އިމާރާތް ލަސްވަނީ އިތުރަށް ފައިސާ ހޭދަކުރަން ޖެހޭތީ: ޝަފީޢު
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަޝްރޫއު ލަސްވެފައިވަނީ މަޝްރޫއުގެ އަގަށްވުރެ 80 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހޭތީ، އެ ފައިސާ ސަލާމަތްކުރުމަށް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
06 Nov 2024
ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ރުފިޔާ ދެނީ
ކޮންޓިންޖެންސީ ބަޖެޓުން ކައުންސިލްތަކަށް 699.6 މިލިއަން ރުފިޔާ ހަމަޖައްސައިދިނުމަށް މާލީ ވަޒީރު މޫސާ ޒަމީރު އެދިވަޑައިގެންފިއެވެ.