ހަބަރު
30 Oct 2024
ބާރުތައް ރައީސަށް ދިނުމަކީ މުއައްސަސާތަކުން އެދުނު ގޮތް: ހަބީބް
މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ދިނުމަކީ އެ މުއައްސަސާތަކުން އެދިފައިވާ ކަމެއް ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު އަދި އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.
29 Oct 2024
މިނިވަން މުއައްސަސާއަކަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު ކުރާނޭކަމެއް ނޫން
ދައުލަތުގެ އެއްވެސް ބާރެއްގެ، މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިހާތަނަށް ކުރައްވާފައިވާ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
29 Oct 2024
ފެނަކައިގެ ކުރީގެ އެމްޑީ، ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
29 Oct 2024
ޓެކްސީގެ ހިދުމަތްދިނުމަށް ކުންފުންޏަކާ ހަވާލުކުރަނީ
ޓެކްސީގެ ހިދުމަތް ދިނުމަށް ކުންފުންޏަކާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
29 Oct 2024
އީރާނުގެ މިލިޓަރީ ބަޖެޓް، ރެކޯޑް އަދަދަކަށް އިތުރުކުރަނީ
އީރާނުގެ އަސްކަރިއްޔާގެ ބަޖެޓް ރެކޯޑް އަދަދަކަށް އިތުރުކުރުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
29 Oct 2024
އެސްއޯއީތަކަށް މިދިޔަ އަހަރު، ސަބްސިޑީގެ ގޮތުގައި ދިން އަދަދު 3.9 ބިލިއަން ރުފިޔާގައި
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު ސަބްސިޑީގެ ގޮތުގައި ދިން އަދަދު 3.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އަހަރީ މާލީ މުރާޖައާ ރިޕޯޓުން ދައްކައިފިއެވެ.
29 Oct 2024
ސައުދީ ސަފީރުކަމަށް ސަރީރު އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި
ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މ. ވެސްޓްސައިޑް އަހުމަދު ސަރީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
29 Oct 2024
ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ދެއްވައިފި
ރައީސުލްޖުމްޖުމްހޫރިއްޔާ، ޚާރިޖީ ވަޒީރުކަމަށް އައްޔަން ކުރެއްވި، ޑރ. ޢަބްދުالله ޚަލީލާއި މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އިތުރުން ސިއްޙީ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުالله ނާޡިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
29 Oct 2024
5.1 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ފާސްކޮށްފި
ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުންފާސްކޮށްފިއެވެ.
29 Oct 2024
އިސްރަށްވެހިންނަށް ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފި
އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މެޑިކަލް ކޭމްޕެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފިއެވެ.