ހަބަރު
31 Oct 2024
”އައުޓް ޕޭޝަންޓުން“ގެ ޕްރައިވެޓް އިންޝުއަރަންސް އަށް އިސްކަންދެނީ
މާދަމާއިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން "އައުޓް ޕޭޝަންޓް" ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތްތަކުގެ ބިލްތައް ކުރުމުގައި އިސްކަންދޭނީ ޕްރައިވެޓް އިންޝުއަރަންސް އަށްކަމަށް އެންސްޕާއިން ބުނެފިއެވެ.
31 Oct 2024
އަމިއްލަ ޖަމާއަތްތަކަށް ދިނުމުގެ ވިސްނުން އެބަހުރި: ޝަހީމް
ރާއްޖޭން މީހުން ޙައްޖަށް ގެންދަން އިތުރު ކޯޓާތަކެއް ލިބިއްޖެ ނަމަ، އަމިއްލަ ޖަމިއްޔާތަކަށް އެ ފުރުސަތު ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
31 Oct 2024
މި ސަރުކާރަކީ ނޫސްވެރިންނަށް ފުރިހަމައަށް މިނިވަންކަން ދޭނެ ސަރުކާރެއް
މި ސަރުކާރަކީ ނޫސްވެރިންނަށް ދުލާއި ޤަލަމުގެ މިނިވަންކަން ފުރިހަމައަށް ދޭނެ ސަރުކާރެއްކަމަށާއި، ނޫސްވެރިންގެ ޒިންމާ އަދާކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
31 Oct 2024
ދެކުނު ކޮރެއާގެ ޕޮސްކޯ ކުންފުނިން އިންޑިއާގައި އިންވެސްޓްކުރަނީ
އިންޑިއާގެ ޖޭއެސްޑަބްލިއު ސްޓީލް އިން ދެކުނު ކޮރެއާގެ އެކަތަ އުފައްދާ އެންމެ ބޮޑު ކުންފުނި ޕޮސްކޯއާ އެކު އަހަރަކު ފަސް މިލިއަން މެޓްރިކް ޓަނުގެ އެކަތަ އުފެއްދޭ އިންޓަގްރޭޓެޑް ސްޓީލް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
30 Oct 2024
ހަށިގަނޑު ހާމަކޮށްގެން ޤައުމަށް ލިބޭނެ ރީތިނަމެއް ނެތް: ރައީސް
ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް الله ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭނެ ޙަޤީޤީ ރީތިނަމެއް، ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Oct 2024
އަންނަ އަހަރު އިންޑޮނޭޝިއާއަށް 1 މިލިއަން ޓަނުގެ އިންޑިއާ ހަނޑޫ އެތެރެކުރަނީ
އިންޑޮނީޝިއާގެ ހަނޑޫ މޫސުމުގެ ކުރިން އަތުވެދާނެ ސަޕްލައި ޗެއިން ޝޯޓޭޖަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއިން 1 މިލިއަން މެޓްރިކް ޓަނުގެ ހަނޑޫ އެތެރެކުރާނެކަމަށް އިންޑޮނީޝިއާގެ ކޯޑިނޭޓިންގ މިނިސްޓަރ ފޮރ ފުޑް އެފެއަރޒް ޒުލްކިފްލި ހަސަން ވިދާޅުވެއްޖެ
30 Oct 2024
އިންޑިއާއިން ފަލަސްތީނަށް 30 ޓަނުގެ އެހީ ފޮނުވައިފި
އިންޑިއާއިން ފަލަސްތީނަށް 30 ޓަނުގެ ސިއްހީ ތަކެތީގެ އެހީ ފޮނުވައިފިއެވެ.
30 Oct 2024
ފަރަށް އަރާ ބޭރުގައުމުތަކުގެ ބޯޓުފަހަރުތައް ފުރައިގެންދާތީ ދައުވާ ނުކުރެވުމުގެ މައްސަލަ ބޮޑުވެއްޖެ
ފަރަށް އަރާ ބޭރުގައުމުތަކުގެ ބޯޓުފަހަރުތައް ފުރައިގެންދާތީ ދައުވާ ނުކުރެވުމުގެ މައްސަލަ ބޮޑުވެއްޖެ