29 Aug 2024
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ "ސީސީސީ+" އިން "ސީސީ" އަށް ދަށްކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއީ ވޭތުވެދިޔަ 3 މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ 3 ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިންގ ދަށްކުރުމެކެވެ.
29 Aug 2024
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމެވުމުން ނަޝީދު، ރައީސަށް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް މަސްވެރިކަމުގެ މިނިސްޓްރީން ރާވާފައިވާ ޕްލޭން އުވާލުމަށް ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.
29 Aug 2024
ސްޓެލްކޯއިން ސްމާޓު މީޓަރު ހަރުކުރަން ފަށަނީ
ސްޓެލްކޯގެ ނެޓްވޯކު ސްމާޓު ގްރިޑަކުން ގުޅާލުމުގެ މަސައްކަތް ނިމުމާއި ވަރަށް ގާތްވެއްޖެ ކަމަށާ، އެ ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ ރަށްރަށުގައި ސްމާޓު މީޓަރު ހަރުކުރަން ކަމަށް ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
29 Aug 2024
ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ލެބޯޓްރީއެއް ތަރައްގީކުރަން އެއްބަސްވެއްޖެ!
ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި މިއަދު ސޮއިކޮށްފިއެވެ.
29 Aug 2024
"ހުތުރު ބަސްތައް ރައްދުކުރުމަކީ ކޮން ދީނެއްގައި އޮތް ކަމެއްތޯ"
ސަފީރަށާއި ސަޢޫދީ ޢަރަބިއްޔާއަށް ހުތުރު ބަސްތައް ރައްދުކުރުމަކީ ކޮން ދީނެއްގައި އޮތް ކަމެއްތޯ ޝެއިޚް މުހައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
29 Aug 2024
ހުޅުމާލޭގައި ޕާކިން ބިލްޑިން ތަރައްގީކުރަން ހުޅުވާލައިފި
ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފައިވާކަމަށް އެޗްޑީސީއިން ނެރުނުބަޔާނެއްގައި ހަމާކޮށްފިއެވެ.
29 Aug 2024
ރައީސް މުޢިއްޒު އިސްކުރެއްވީ، މަސްވެރިންގެ ކަންބޮޑުވުން: ޝިޔާމް
ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލަން، ނިންމެވި ނިންމުމަށް ޢަމަލު ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމެވި ނިންމެވުމަކީ މަސްވެރިންގެ ކަންބޮޑުވުންތައް އިސްކުރައްވައި ނިންމެވި ނިންމުމެއް ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
29 Aug 2024
ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫން: ޝަހީމް
ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫންކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.