ކޮލަމްބޯ އެއާޕޯޓް އިމިގްރޭޝަން ކައުންޓަރުގައި ދިވެހިންތަކެއް...
ހަބަރު
19 Oct 2024 | 11:05
ލަންކާ ޓޫރިޒަމް: ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރުވެއްޖެ

މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު %37.4 އިންސައްތަ އިތުރުވެއްޖެއެވެ.

ސްރީލަންކާގެ ޓޫރިޒަމް ޑިޕާޓްމަންޓް އޮތޯރިޓީން އާއްމުކުރި ތަފާސަްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެޤައުމަށް 34،457 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 9,379 ދިވެހިންގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އުޅެނީ 25.078 ގައެވެ.

މި ތަފާސްހިސާބަށް ބަލާއިރު، ގިނަ ދިވެހިން ލަންކާއަށް ދަތުރުކޮށްއުޅެނީ، ބޭސްފަރުވާގެ ހިދުމަތް ހޯދުމަށާއި، ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ވިޔަފާރީގެ އެކި ބޭނުންތަކަށެވެ. ތަފާސްހިސާބަށް ބަލާއިރު ސްކޫލް ޗުއްޓީ ދުވަސްވަރު ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރުވާކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މިފަހުން ޑޮލަރު ލިބުމުގެ ދަތިކަމާއިހުރެ ލަންކާއަށް ދަތުރުކުރާ ދިވެހިންގެ ނިސްބަތްވަނީ ދަށަށްގޮސްފައިވާކަމަށް ވޮއިސް އާ މައުލޫމާތު ހިއްސާކުރި ބައެއް ޓްރެވަލް އޭޖެންސީތަކުން ވަނީ ބުނެފައެވެ.

ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ގިނަ އަދަދެއްގެ އެއާއިލްތަކުން މިހާރުވެސް ކޮލަމްބޯއަށް އުދުހުންތައް ބައްވައެވެ. އޭގެ ތެރޭގައި ސްރީލަންކަން، އެމިރޭޓްސް، ފިޓްސް އެއާ، ފްލައި ދުބާއީ، ގަލްފް އެއާ، ޗައިނާ އީސްޓަރން، ހިމެނެއެވެ.

ރާއްޖެއާ އެންމެ ގާތުގައި އޮތް ލަންކާއަކީ އެންމެ ގިނައިން އެކި ބޭނުންތަކަށް ދިވެހިން ދަތުރުކޮށް އުޅޭ ޤައުމެވެ. ސްރީލަންކާއަށް މި ފަހުން ލައިގަތް ދަތިދުވަސްތަކުގެ ކުރިއަށް ޖެހިލާއިރު، ސްރީލަންކާ ފާހަގަކުރެވިފައިވަނީ، ދިވެހިން އެންމެ ގިނައަދަދަކަށް ދިރިއުޅެމުން އަންނަ ޤައުމުގެ ގޮތުގައެވެ. އީސްޓާ ބޮމުގެ ހަމަލާ އާއި އެންމެފަހުން ލަންކާއަށް ދިމާވި އިގްތިސާދީ ކާރިސާގެ ކުރިން އެޤައުމުގައި 30،000 ހާހެއްހާ މީހުން ދިރިއުޅޭނޭ ކަމަށް ބެލެވުނު ނަމަވެސް، މިހާރު އެއަދަދު ދަށްވާނޭކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.