14 Oct 2024
ތިން ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ގެނެވުނު ބަދަލާއެކު، ވުޒާރާތަކުގެ އައު ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
14 Oct 2024
އިންޑިއާ ސަފީރު ކަމަށް އަޒީމާގެ ނަން ފޮނުވައިފި
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށް އައިޝަތު އަޒީމާ އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
14 Oct 2024
"ބިބީ" ގެ ފަހު ޝޯތައް އޮލިމްޕަހުގައި ފަށައިފި
އޮލިމްޕަހުގައި މިހާރު ދައްކަމުންދާ ހޮރޯ/ކޮމެޑީ ފިލް "ބިބީ" ގެ ފަހު ޝޯތައް ފަށައިފިއެވެ.
14 Oct 2024
އެމްޓީސީސީން ސުޕަވައިޒަރުންނަށް ބޭއްވި މަހާސީންތާ ނިންމާލައިފި
ސަރުކާރާއި ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކުންފުނީގެ ސައިޓްތަކުގައި މަސައްކަތްކުރާ ސުޕަވައިޒަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މަހާސިންތާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
13 Oct 2024
ބައެއް ޓެކްސްތައް ބޮޑުކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި
އަންނަ އަހަރުން ފެށިގެން ބައެއް ޓެކްސްތައް ނަގަމުން އަންނަ ރޭޓް ބޮޑުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
13 Oct 2024
އައިޖީއެމްއެޗްގެ މުއައްޒަފުންނަށް ދިން ލުއިތައް އަބުރާ ގެންނަނީ
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މާބަނޑު އަދި ޅަދަރިމައި މުއައްޒަފުންނަށް ދިން، ލުއިތައް އަބުރާ ގެންނައުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
13 Oct 2024
ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ހޯދަނީ
ގަނޑުކުރި ކުކުޅުތަކަކާއި، ޗިކަން ނަގެޓްސް އަދި ފިޔާ ތަކެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
13 Oct 2024
ވިފާގު މަރުގެ މައްސަލާގައި މީޑިއާއަކުން ވަނީ ދޮގުހަބަރު ފަތުރާފަ: ފުލުހުން
ވިފާގް މަރުގެ މައްސަލައާ ގުޅޭގޮތުން ރިޕޯޓްކޮށްފައިވަނީ، ބައެއް ކަންކަމުގެ އަސްލު އޮޅުވާލައިގެންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.