23 Aug 2024
މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް
މާލޭގެ ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދިން މަޢުލޫމާތުގައިވާ ގޮތުން، މިރޭ 21:59 ގައި މ. ކަނޑަރުގައި މި ހާދިސާ ހިނގިކަން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއަށް ވަނީ ރިޕޯޓުކުރެވިފައެވެ.