22 Aug 2024
ބިދޭސީން ލައްވާ ހަށިވިއްކުވާ ދިވެހިންނާ ދެކޮޅަށް ހިޔުމަން ޓްރެފިކިންގެ ތަހުގީގެއް
ރާއްޖެ ގެންނަ ބިދޭސީންލައްވާ މަސާޖު ޕާލަރު ތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުވާ ދިވެހިންނާ ދެކޮޅަށް ހިޔުމަށް ޓްރެފިކިންގ ގެ ތަހުގީގެއް ކުރުމާއެކު، އެމީހުން ޖޫރިމަނާކޮށް ޕާސްޕޯޓު ހިފަހައްޓާނެ ކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.
22 Aug 2024
މަސާޖު ޕާލާތައް ބަލާފާސްކުރުމުގެ އުސޫލަށް ބަދަލެއް
މަސާޖްޕާލާގެ ނަންނަމުގައި ހިންގަމުންދާ ތަންތަން ބަލާފާސްކުރުމުގައި ގެންގުޅޭ އުސޫލު މިއަދުން ފެށިގެން ހަރުދަނާކޮށްފައިވާކަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
22 Aug 2024
އެއްޖިންސުން ގުޅުން ހިންގުމުން ބޮޑު އަދަބު ދިނީ ގާނޫނާ ޚިލާފަށް
ނިމިދިޔަ ސަރުކާރުގައި، ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ތަކުގެ ތެރެއިން، އަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ނަމަކަށް ކިޔާ ފުލުހަކު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތު ވެގެން، އޭނާއަށް ދެވުނު އަދަބު ލުއިކޮށްދިނުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް(ޕީޖީ) އޮފީހުން އެދުނީ އެ އަދަބު ގާނޫނުގައިވާ އަދަބަށްވުރެ ލުއިވުމުން ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
22 Aug 2024
ހަތް ބިލެއް ރައްޔިތުންގެ މިއަދު ފާސްކޮށްފި
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހަތް ބިލެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
22 Aug 2024
ޕީޖީ ޝަމީމް މަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއެއް މިރޭ
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަޤާމުން ވަކިކުރުމަށް މަޖިލީޙުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ތާވަލްކޮށްފިއެވެ.
22 Aug 2024
މަޤާމުން ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭތީ: ޝަމީމް
22 Aug 2024
ކާނާގެ ރައްކާތެރިކަމަކީ ސަރުކާރުން ކޮންޕްރޮމައިޒް ކުރާނެ ކަމެއް ނޫން
ކާނާގެ ރައްކާތެރިކަމަކީ މިނސަރުކާރުން ކޮންޕްރޮމައިޒް ކުރާނެ ކަމެއް ނޫން ކަމަށާ، ގަވާއިދާ ޚިލާފަށް ރައްކާތެރި ނޫންކޮށް ކާނާ އުފައްދާ ފަރާތްތައް ބޮޑު ވެގެން އެއް މިލިއަން ރުފިޔާއިންވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ.އަބްދالله ޚަލީލް ވިދާޅުވެއްޖެއެވެ.
22 Aug 2024
ވޯކްޝޮޕެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ކޮންޓްރޯލްކޮށްފި
ކ.ތިލަފުށީގައި ހުންނަ މެރިންޑޯ ކުންފުނީގެ ވޯކްޝޮޕެއްގައި މިއަދު ހެނދުނު ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ކޮންޓްރޯލް ކޮށްފައިވާކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.