04 Jul 2024
ކައުންސިލްތައް ޖަވާބުދާރީ ކުރުމަށް ލިބިފައިވާ ބާރުގެ ބޭނުން ކުރައްވާ
ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ކައުންސިލްތައް ޖަވާބުދާރީ ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފި އެވެ.
04 Jul 2024
ގަވާއިދާ ޚިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ އިތުރު ދެ ބިދޭސީން ހައްޔަރަށް
މާލޭގައި ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީން ރޭ އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
03 Jul 2024
މި ޖުލައިމަހުގެ 7 ވަނަ ދުވަސް ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ބަންދުވާނެ
ހީނާ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ޖުލައިމަހުގެ 7 ވަނަ ދުވަސް (އަންނަ އާދީއްތަ ދުވަސް) ކުރިންވެސް ކަނޑައެޅިފައިވާ ގޮތަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ.
03 Jul 2024
ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފި
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ދިވެހިރާއްޖޭގައި ބޭއްވުނު ޚާއްޞަ ޓެލެތޯނުން ހޯދުނު 19 މިލިއަން ރުފިޔާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ހަވާލުކޮށްފިއެވެ. ޓެލެތޯނުން ލިބުނު ފައިސާގެ ރަމްޒީ ޗެކު ހަވާލުކުރެއްވީ، މިއަދު ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވުނު ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން އެ ފައިސާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.
03 Jul 2024
ރައީސް ޑރ.މުޢިއްޒު ސީއެޗްއެސްއީ އަށް، ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ރައީސް ޑރ.މުޢިއްޒު ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް، ވަޑައިގަތުމުން އެ ސުކޫލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އެގޮތުން ދަރިވަރުން ތިބީ ރައީސް ޑރ.މުއިއްޒު އެ ސްކޫލްގައި ކިޔެވި ދުވަސްވަރުގެ އިންޑެކްސް ނަންބަރާއި ކްލާސް އަދި ނަންފުޅު ޖަހާފައިވާ ބެނާއެއް ތައްޔާރުކޮށް އެ ބެނާ ހިފައިގެންނެވެ. އަދި އެ ބެނާގައި "ވެލްކަމް ބެކް" ނުވަތަ އެނބުރި އައުމުން މަރުހަބާ ދަންނަވާ ކަމަށްވެސް ލިޔެފައި ވެއެވެ.
03 Jul 2024
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ދޭ ފަރުވާތަކުގެ އަގު ބޮޑުވުމުގެ ސަބަބުން، އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
03 Jul 2024
އައްޑޫ ސިޓީގައި އެންސްޕާގެ އޮފީހެއް ގާއިމުކުރަނީ
އައްޑޫ ސިޓީގައި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންސްޕާގެ ސީއީއޯ ވަލީދު ވިދާޅުވެއްޖެއެވެ.
03 Jul 2024
މެމްބަރުންގެ އަދަދު މަދުކުރުމާއި ބެހޭ ގަރާރު މަޖިލިހުން ބަލައިގަނެފި
ކޮންމެ 5 އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާތީ، އެކަމާއި ގުޅޭގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.