10 Aug 2024
ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމި، އިފްތިތާޙް ކުރަނީ
އައްޑޫ ސިޓީގައި ތަރައްޤީކުރަމުން ދިޔަ ހަންކެޑެ ބްރިޖްގެ މަސައްކަތް ނިމިފައިވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވަނީ ހާމަކުރައްވާފައެވެ. މި ބްރިޖަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ހަރުފަތަކަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
10 Aug 2024
ޣައްޒާގެ މަދަރުސާއަކަށް އިސްރާއީލުން ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފި
ޣައްޒާގެ ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
10 Aug 2024
ޖަލަށް ޑްރަގު ވައްދައިދިން ކަމަށް ތުހުމަތުވި 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފި
ޖަލުތަކަށް މަސްތުވާތަކެތި ވެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 13 އޮފިސަރުންނަށް ދައުވާކުރަން ފޮނުވައިފިއެވެ.
10 Aug 2024
ބެހެއްޓެވި ގާތްކަމާއި ލިބިވަޑައިގެންނެވި މެހެމާންދާރީއަށް، ޖަޔަޝަންކަރުގެ ޝުކުރު ރައީސް މުއިއްޒުއަށް
ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ބެހެއްޓެވި ގާތްކަމާއި ލިބިވަޑައިގެންނެވި ފުރިހަމަ މެހެމާންދާރީއަށްޓަކައި އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރު ޖަޔަޝަންކަރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް، ޝުކުރުއަދާ ކުރައްވައިފި.
10 Aug 2024
ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ޖޭއެސްސީއަށް
ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިޚާބުކުރާ ފަނޑިޔާރެއްގެ ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު އިންތިޚާބުވެއްޖެއެވެ.
10 Aug 2024
އިންޑިއާ މައްސަލާގައި ރައީސް ނަޝީދު ވިދާޅުވަނީ، އެމްޑީޕީގެ ހިތް ސާފުނޫންކަމަށް
އަވައްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު ބަދަހި ގުޅުމެއް އޮތުމަށް އެދޭ ފަރާތްތަކުން އެ ޤައުމާ ދޭތެރޭ އަދުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރަންޖެހޭނޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
10 Aug 2024
އިންޑިއާއާއިއެކު ގުޅުން ވަރުގަދަ ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފި
އިންޑިއާއާއިއެކު އޮތް ގުޅުން ވަރުގަދަ ވަމުންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
10 Aug 2024
ޣައްޒާގެ ކުށެއްނެތް އާންމުން މަރާއިރު އަރަބި ލީޑަރުން ތިބީ ކުޅިބަލަން
ހައްދު ފަހަނަ އަޅާފައިވާ އިޒްރޭލުގެ ސިފައިން ޣައްޒާގެ ކުށެއް ނެތް އެތައް ސަތޭކަ އާންމުންނެއް މަރަމުންދާއިރު އަރަބި ލީޑަރުން ތިއްބަވަނީ ކުޅިބަލަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.