01 Jul 2024
ކުރީ ސަރުކާރުން ކުންފުނިތައް ހިންގި ގޮތުން ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާ
ކުރީ ސަރުކާރުން ކުންފުނިތައް ހިންގި ގޮތުން ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
01 Jul 2024
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ފަރުވާ ދިނުމަށް މަރުކަޒެއް
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
01 Jul 2024
ފިޗް ރޭޓިންގ ދަށްކުރީ ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ނުކުރުމުން
ފިޗް ރޭޓިންގސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވަނީ ފާއިތުވި އަހަރުތަކުގައި ޚަރަދު ކުޑަ ނުކުރުމުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ބުނެފި އެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން އަންނަނީ، ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް ތައްޔާރުވަމުންކަން ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.
30 Jun 2024
ހޯމް މިނިސްޓަރ އިހުސާން ސަލާމަތީ ކޮމިޓީއަށް މާދަމާ ހާޒިރުކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހޯމް މިނިސްޓަރ އަލްފާޟިލް އަލީ އިހުސާން މާދަމާ ހާޒިރުކުރުމަށް ނިންމައިފިއެވެ.
30 Jun 2024
އިކޮނޮމިކް މިނިސްޓަރ ސަޢީދަށް ޗައިނާ ސަފީރު ތަހުނިޔާ ވިދާޅުވެއްޖެ
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލީޝިންގް, އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އިޙްތިރާމުގެ ޒިޔާރާތެއް ކުރައްވައިފިއެވެ. މި ޒިޔާރާތުގައި ޗައިނާ ސަފީރު ވަނީ އިކޮނޮމިކް މިނިސްޓަރ ސަޢީދު ދާދި ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވާ ތަހުނިޔާ ވިދާޅުވެފައެވެ.
30 Jun 2024
ޚަރަދު ކުޑަކުރުމުގެ ގޮތުން މިއަހަރުގެ ސްޕޯޓްސް އެވޯޑު ޙަފްލާ ފަސްކޮށްފި
މިއަދު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފެށޭ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަ ޖެހިފައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ޙަފްލާ ފަސްކޮށްފައިވާ ކަމަށެވެ. އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ޙަފްލާ ބޭއްވުމުގެ ތައްޔާރީތައްވެސް ވަމުން ދަނިކޮށް، ޙަފްލާ މި ވަގުތަށް ފަސްކޮށްލަން ނިންމީ، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ޚާއްސަ ފިޔަވަޅުތައް، އެވޯޑް ޙަފްލާއާ ގުޅުންހުރި ފަރާތްތަކާ ޙިއްސާ ކުރުމަށް ފަހުއެވެ.
30 Jun 2024
ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން: އެޗްއާރުސީއެމް
ޖަމީލުގެ މަރާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ. އެގޮތުން، ޖަމީލުގެ ހަށިގަނޑު ބަލާ، ފޮޓޯ ނަގާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ފަރާތުންނާއި، އާއިލާގެ ފަރާތުން މަޢުލޫމާތު ސާފުކޮށް، މުޙައްމަދު ޖަމީލްގެ މެޑިކަލް ފައިލްވެސް ބަލާފައިވާކަން އެޗްއާރްސީއެމް އިން ވަނީ ހާމަކޮށްފައެވެ.
30 Jun 2024
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާރުޑީސީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.