07 Aug 2024
ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް ފާސްކޮށްފި
ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކޮންމެ 6 މަހަކުން ބާއްވާގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
07 Aug 2024
ކޮމިޝަނަރ އޮފް ޕޮލިސް އާއި އެމްޕީއެލްގެ ސީއީއޯ ބައްދަލުކުރައްވައިފި
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.
07 Aug 2024
"ވަޒީރު ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް"
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމްގެ އަބުރު ކަތިލުމަށް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއްކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
07 Aug 2024
ބޭސް ފަރުވާއަށް މާލެ ދިޔަ އުމުރުން ދުވަސްވީ މީހަކަށް ބިރުދައްކާ ފޭރިގެންފި
ބޭސްފަރުވާއަށް މާލެ ގޮސް ހުރި ދުވަސްވީ މީހަކު ކުއްޔަށް ހުރި ކޮޓަރިއަކަށް ދެ މީހަކު ވަދެ ބިރުދައްކައި ފައިސާއާއި ފޯނު ފޭރި ފޭރިގަނެފިއެވެ.
07 Aug 2024
އެމްޑީއެން އުވާލަން ޖެހުނު ސަބަބު، ބޭރުގެ ފަރާތްތަކަށް ވާނީ ސާފުކޮށްދީފައި: މަހްލޫފް
އެމްޑީއެން އުވާލަންޖެހުނު ސަބަބު، ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކަށް ވަރަށް ރަނގަޅަށް ސާފުކޮށްދީފައިވާނޭކަމަށް މިދިޔަ ސަރުކާރުގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ.
07 Aug 2024
ފަސޭހައިން ޤާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތެއް ހަދަންޖެހޭ: ޤާސިމް
ފަސޭހައިން ޤާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތެއް ހެދުމަކީ މުހިިންމު ކަމެއްކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
07 Aug 2024
މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި މެމްބަރުން ހުވާކުރައްވައިފި
މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ތިން މެމްބަރުން ހުވާކުރައްވައިފިއެވެ.
07 Aug 2024
ހުޅުމާލޭގައި މަސް ބަންދުކުރާ ފެސިލިޓީއެއް އަޅަނީ
މަސްވެރިކަމުގެ ވިޔަފާރިތަކަށް ހާއްސަ މަސް ބަންދުކުރާ ފެސިލިޓީއެއް ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ހުސައިން ސިނާން ވިދާޅުވެއްޖެއެވެ.