28 Jun 2024
އެމްޑީޕީގެ ރައީސް ޝާޙިދު، ޗައިނާގެ ރައީސް ޝީ އާއި ބައްދަލުކުރައްވައިފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު، ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް އާއި މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި ބައްދަލުކުރައްވައިފިއެވެ.
28 Jun 2024
އަޝްރަފް އަލީގެ ''ދިވެހިބަސް، ދިވެހީންގެ ޝަރަފު'' ފޮތް ނެރެފި
ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ލިޔުއްވާފައިވާ "ދިވެހިބަސް - ދިވެހީންގެ ޝަރަފު" ފޮތް ރޭ ނެރެފިއެވެ.
28 Jun 2024
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.
28 Jun 2024
40 އަހަރު ނުނަގާ ވަރަށް ދަރަނި ނަގައި، ގައުމު އަނދަވަޅަކަށް ވައްޓާލީ ޞާލިހު
މިދިޔަ 40 އަހަރު ތެރޭ ދައުލަތުން ނުނަގާ ވަރަށް ރޭވުންތެރިކަމެއް ނެތި ދަރަނި ނަގައި ގަމުގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވަނީ ކުރީގެ ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
28 Jun 2024
ފުވައްމުލަކުގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް؛ 14 މީހަކު ހައްޔަރު ކޮަށްފި
ފުވައްމުލަކު ސިޓީ އަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ހިންގާ އޮޕަރޭޝަނެއް ގައި މިހާތަނަށް 14 މީހަކު ހައްޔަރު ކޮށްފި އެވެ.
28 Jun 2024
ރައީސްގެ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ގައުމީ ކަމެއް
ރައްޔިތުންނަށް އޭގެން މާބޮޑު ނޭދެވޭ އަސަރެއް ނުކުރާނެ ގޮތަކަށް މާލީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ވިސްނަވާ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް، ޤައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއްކަމަށް ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
28 Jun 2024
13 ޖަލު އޮފިސަރުން ހައްޔަރު ކޮށްފި!
ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޯނާއި ޑުރަގާއި އެ ނޫން ވެސް ތަކެތި ވައްދައިދޭ މައްސަލާގައި، އެކަމަށް ތުހުމަތުވާ ނެޓްވޯކްގައި ހިމެނޭ ކަރެކްޝަނަލް ސާވިސްގެ 13 އޮފިސަރުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jun 2024
ތަހުގީގު ކުރަނީ ރައީސްގެ ދެކަނބަލުންނަށް ސިހުރު ހެދި މައްސަލައެއް!
އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހިމެނޭހެން އިތުރު ދެ މީހަކު ހައްޔަރުކޮށް ތަހުގީގުކުރަމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި މައްސަލައެއް ކަމަށް ހާމަވެއްޖެއެވެ.