ހަބަރު
24 Jun 2024
ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ
ފުލުހުން ހާމަ ކުރެއްވި ގޮތުގައި، ގެއްލިގެން ހޯދަމުންދިޔަ ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) ޙުސައިން ޒިހާން (18އ) މިހާރު ވަނީ ފެނިފައެވެ.
24 Jun 2024
ސިއްޙީ ޚިދުމަތުގެ ބިލާއެކު ނިޒާމުގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިއްޙީ ޚިދުމަތުގެ ބިލާއެކު، ސިއްޙީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ސިއްޙީ ނިޒާމުގެ ބޮޑެތި މައްސަލަތައް ހައްލުކުރެވިގެންދާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ވިދާޅުވެއްޖެއެވެ.
24 Jun 2024
ރަސްމީ ދަތުރުފުޅެއްގައި ވަޒީރު ޠާރިޤް ބޫޓާނަށް ފުރާވަޑައިގެންފި
މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ވަޒީރު ޠާރިޤް ބޫޓާނަށް ވަޑައިގެންނެވީ، ސަސެޕް ގެ 16 ވަނަ ގަވަރނިންގ ކައުންސިލުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
24 Jun 2024
މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވަނީ
މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
24 Jun 2024
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އެމެރިކާ އަށް
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާ އަށް ފުރާ ވަޑައިގެންފިއެވެ.
24 Jun 2024
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކަރަންޓު ދީ، އޮޕަރޭޝަނަށް ގެންނަނީ
ފުލުހުންގެ އެހީތެރިކަމާއިއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކަރަންޓު ދީ، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.
24 Jun 2024
18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ
މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
24 Jun 2024
ކުރީ ސަރުކާރު ދިޔައީ ސިއްހީ ނިޒާމު ފުނޑުފުނޑުކޮށްލާފައި: ފަލާހް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމިގެން ދިޔައިރު ދިޔައީ ރާއްޖޭގެ ސިއްހީ ނިޒާމު ފުނޑުފުނޑުކޮށްލާފައިކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.