14 Sep 2024
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވަނީ ވަގުތީގޮތުން: ޚާރިޖީ ވަޒީރު
ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިވަގުތު ދަށްވެފައިވަނީ ވަގުތީގޮތުން ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިހާރު ސްރީލަންކާގެ ދަތުރެއްގައި ހުންނެވި ޚާރިޖީ ވަޒީރު ވިދާޅުވީ، އައި.އެމް.އެފްގެ އެހީ ހޯދަންޖެހޭ ހިސާބަށް ރާއްޖޭގެ އިޤްތިޞާދު ދަށްވެފައި ނުވާ ކަމަށެވެ.
14 Sep 2024
މާރަންދޫ ކައުންސިލްގެ ބައިއިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި
މާރަންދޫ ކައުންސިލްގެ ބައިއިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
14 Sep 2024
އައްޑޫސިޓީގެ ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް އިގްތިސާދީ ވަޒީރު އޮޅުންފިލުވައިފި
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އައްޑޫސިޓީއަށް ވަޑައިގެން އެ ސިޓީގެ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް އޮޅުންފިލުވައިފިއެވެ.
14 Sep 2024
ހައްޖު ކޯޕަރޭޝަނަކީ ބަޔަކަށް ބަރޯސާވާންޖެހޭ ކުންފުންޏެއްނޫން: ޝަކީލް
ހައްޖު ކޯޕަރޭޝަނަކީ ބަޔަކަށް ބަރޯސާވާންޖެހޭ ކުންފުންޏެއްނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
14 Sep 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހުުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ތިން ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
14 Sep 2024
މާލީގޮތުން ރާއްޖެއަށް އެހީވާން އިންޑިއާވެސް އޮތީ ތައްޔާރަށް: އިންޑިއާގެ ނޫސްތައް
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށް އިންޑިއާއިން އެހީވުމަށް ތައްޔާރަށް އޮތްކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.
14 Sep 2024
ތަސްލީމް ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން އެދިއްޖެ
މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން އެދިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
14 Sep 2024
މާދަމާ ކަސްޓަމްސްގެ ބައެއް ހިދުމަތްތައް ލިބޭނެ: ކަސްޓަމްސް
ސަރުކާރު ބަންދުވި ނަމަވެސް، މާދަމާ ކަސްޓަމްސްގެ 3 ސެކްޝަނުން ހިދުމަތް ލިބޭނެކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.